ނޭޝަނަލް ސާވިސް ޕްރޮގްރާމް ފުރިހަމަކުރި ޒުވާނުންގެ ތެރެއިން އިތުރު ތަމްރީންތަކުގައި ބައިވެރިވާން ކުރިމަތިލި ޒުވާނުންގެ ތެރެއިން 66 ޒުވާނުން އިތުރު ތަމްރީނަށް ބ. ކިހާދޫގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފްގެ ތަމްރީން މަރުކަޒަށް ފުރައިފި އެވެ.
މުހައްމަދު މުއިއްޒު އެކްސް ގައި ވިދާޅުވީ އެ ޒުވާނުން ބ. ކިހާދޫގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފްގެ ތަމްރީން މަރުކަޒުގައި ތަފާތު ފަންނީ ދާއިރާތަކުން ތަމްރިން ފުރިހަމަކުރަން ފުރުސަތު ލިބޭނެ ކަމަށެވެ.
މި ތަމްރީން ޕްރޮގްރާމް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ހަތަރު މަސް ދުވަހަށެވެ.
ކިހާދޫ ގައި ހުންނަ ސިފައިންގެ މަރުކަޒަކީ، އެރަށުގައި ކޯސްޓްލައިން ފައުންޑޭޝަންގެ ފަރާތުން ގާއިމްކުރި "ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓާ" އެވެ.
މި ސެންޓަރު ސަރުކާރަށް ހަދިޔާކުރުމުން އެއީ ސިފައިންގެ ތަމްރީން މަރުކަޒެއްގެ ގޮތުގައި މުއިއްޒު ކަނޑައެޅުއްވި އެވެ. ނޭޝަނަލް ސާވިސް ހިދުމަތުގެ ފަންނީ ތަމްރީނުތައް މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ އެ މަރުކަޒުގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެ ތަމްރީންގައި ބައިވެރިވާ 66 ޒުވާނުންގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ 35 ރަށަކަށް ނިސްބަތްވާ 16 އަހަރާއި 19 އަހަރާއި ދެމެދުގެ ޒުވާނުންނެވެ.
ނޭޝަނަލް ސާވިސް ޕްރޮގާމުގެ ތެރެއިން އަހަރަކު 1،000 ކުދިން ތަމްރީނު ކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އެ ޕްރޮގްރާމް ތައާރަފްކުރި ފަހުން މިދިޔަ އަހަރު ތަމްރީންތަކަށް ދިޔައީ 343 މީހުންނެވެ.
ނޭޝަނަލް ސާވިސްގައި ބައިވެރިވި 66 ޒުވާނުން އިތުރު ތަމްރީނަށް ފުރައިފި ނޭޝަނަލް ސާވިސްގައި ބައިވެރިވި 66 ޒުވާނުން އިތުރު ތަމްރީނަށް ފުރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ