މާލެއިން ފުރައިގެން ކ.މާފުއްޓަށް ދަތުރުކުރި ފެރީއެއް ފަރަށްއަރައި އެ އުޅަނދުން ދަތުރުކުރިމީހުން މެރިން ފުލުހުން ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ މިއަދު 11:24 ހާއިރު މާލެއިން ކ.މާފުއްޓަށް ދަތުރުކުރި ފެރީއެއް އެނބޫދޫ ފަރަށް އަރާފައިވާކަމަށެވެ. ފެރީ ފަރަށް އަރާފައިވަނީ އިންޖީނު ހުއްޓިގެން އުޅަނދުގެ މިޝްރާބު ބަދަލުވެގެންނެވެ. ފުލުހުން ބުނީ އެ ފެރީން 72 މީހުން ދަތުރުކުރި ކަމަށާއި، ފެރީން ދަތުރުކުރި އެންމެން ސަލާމަތްކޮށްފައިވާކަމަށެވެ.
ފެރީން ދަތުރުކުރީ 67 ފަތުރުވެރިންނާއި 3 ދިވެއްސެއްގެ އިތުރުން 2 ބިދޭސީއެކެވެ. އެ އެންމެންގެވެސް ހާލު ރަނގަޅުކަމަށް ފުލުހުން ބުންޏެވެ.
ފެރީން ދަތުރުކުރި މީހުން ސަލާމަތްކޮށްގެން ގެންދަނީ... ފޮޓޯ: ފުލުހުން
ފުލުހުން ބުނީ ފަރަށް އެރި އުޅަނދު ފުންކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.
އެނބޫދޫ ފަރަށްއެރި ފެރީގައި ތިބި ޓޫރިސްޓުންތަކެއް ސަލާމަތްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ