އުރީދޫގެ 5ޖީ ހިދުމަތް ރާއްޖޭގެ 80 ޕަސަންޓަށް ފުޅާކޮށްފި އުރީދޫ އިން ތައާރަފުކުރި “ޓެކްސްޓް އަ ކޮފީ” ވަރަށް ސަޅި! އުރީދޫގެ އުމްރާ ދަތުރު: މިފަހަރުގެ ނަސީބުވެރިޔަކީ އައްޑޫ މީހެއް! އުރީދޫ ފަން ރަން މިއުޒިކް ޝޯގައި ތަފާތު އަދި ހުނަރުވެރި އެކި މިއުޒިކް ބޭންޑުތ

މި ސެޝަންތަކުގެ މައިގަނޑު އަމާޒަކީ އުމުރުން ދުވަސްވީ މީހުންނަށް ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރާނެ ގޮތް ދަސްކޮށްދިނުމެވެ. އެގޮތުން ސްމާޓް ފޯނު ގެންގުޅޭނެ ގޮތާއި، އާންމު ދިރިއުޅުމުގައި ބޭނުންކުރަންޖެހޭ މުހިންމު އެޕްލިކޭޝަންތަކާއި އޮންލައިން ހިދުމަތްތައް ހޯދާނެ ގޮތް މި ސެޝަންތަކުގައި ބައިވެރިންނަށް ކިޔައިދީފައިވެއެވެ. މީގެ ތެރޭގައި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުން ފަސޭހަކުރާނެ ގޮތްތައް ހިމެނެއެވެ.
މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ އިސްރަށްވެހިންނަށް ފަސޭހައިން ދަސްވާނެ ފަދަ ގޮތަކަށެވެ. ބައިވެރިންގެ އުމުރާއި ގާބިލުކަމަށް ބަލައި، އެ މީހުންނަށް ފަހުމްވާނެ ސްޕީޑެއްގައި މައުލޫމާތު ފޯރުކޮށްދިނުމަށް އުރީދޫއިން ވަނީ އިސްކަންދީފައެވެ. މިއީ ހަލުވިކަމާއެކު ބަދަލުވަމުންދާ ޓެކްނޮލޮޖީގެ މާހައުލަށް އިސްރަށްވެހިން ހޭލުންތެރިކުރުވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.
އުރީދޫއިން ބުނި ގޮތުގައި މި ޕްރޮގްރާމްގެ ބޭނުމަކީ ޑިޖިޓަލްވަމުން އަންނަ ދުނިޔޭގައި މުޖުތަމައުގެ އެއްވެސް ފަރުދަކު ބާކީވިޔަ ނުދިނުމެވެ. ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް މި ބަދަލުތަކާއެކު ކުރިއަށް ދިއުމަށް އެހީތެރިވެދިނުމަކީ ކުންފުނީގެ ވަރަށް ބޮޑު އަމާޒެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
މިއީ އަލަށް ފެށި ކަމެއް ނޫނެވެ. 2018 ވަނަ އަހަރުން ފެށިގެން އުރީދޫއިން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި މިފަދަ ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމްތައް ހިންގަމުންނެވެ. މި މަސައްކަތުގެ ސަބަބުން ޒުވާނުންނާއި ދުވަސްވީ މީހުންނާ ދެމެދު އޮންނަ ޑިޖިޓަލް ފަރަގު ކުޑަކުރެވި، އިސްރަށްވެހިން ބާރުވެރިކުރުވުމަށް މަގުފަހިވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ