ފީނަން ގޮސް އުޅުނު ފަތުރުވެރިޔަކަށް މިޔަރެއް ހަމަލާދީފި

ގއ. ކޫއްޑޫ ކައިރިއަށް ފީނަންގޮސް އުޅުނު ސްޕެއިންގެ ފަތުރުވެެރިޔަކަށް މިޔަރެއް އިއްޔެ ހަމަލާދީފި އެވެ.
ވީ ކިހިނެއް؟ - މިޔަރު ހަމަލާދީފައިވަނީ ރެޒިޑެންސް މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ 30 އަހަރުގެ ފިރިހެނަކަށެވެ.
ތަފްސީލް - އިއްޔެ ހިނގި މި ހާދިސާގައި އޭނާގެ ކަނާތުފަޔަށް ބޮޑު ޒަހަމެއް ލިބިފައިވާ ކަމަށް އެނގިފައިވެ އެވެ. 
ޒަހަމްތަކަށް  ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް އޭނާ ރޭ ވަނީ މާލެ ގެނެސްފަ އެވެ.
ފާހަގަ ކުރެވޭ - މީގެ ކުރިން ވެސް ޑައިވް ކުރުމުގެ ތެރޭގައި މިޔަރު ހަމަލާދީގެން ފަތުރުވެރިންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައި އެބަހުއްޓެވެ.
ސިފައިންގެ މޫދު ތަމްރީނެއްގައި އުޅެނިކޮށް، މިޔަރެއް ހަމަލާދިނުމުގެ ސަބަބުން 2024 ވަނަ އަހަރު ދިވެހި ސިފައިންގެ މީހަކު ވެސް ވަނީ މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ