ސޮނޭވާ ޖާނީ ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ސޮނޭވާ ޖާނީ ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ފުލުހުން ބުނީ ނ. އަތޮޅުގައި ހިންގާ އެ ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު މެންދުރު 2:04 ހާއިރު ކަަމަށް ވެސް ބުންޏެވެ.
އަލިފާން ނިއްވުމުގެ މަަސައްކަތުގައި ފުލުހުންނާއި ފަޔާ އެންޑް ރެސްކިއު އަދި ރިސޯޓް މުވައްޒިފުން ގުޅިގެން ދަނީ މަަސައްކަތް ކުރަމުން ކަމަށް ބުންޏެވެ.
އާންމުވެފައިވާ ފޮޓޯއިން ފެންނަ ގޮތުގައި ރޯވެފައިވަނީ ސޮނޭވާގެ މޫދު ކޮޓަރިއެއްގަ އެވެ. އެ ކޮޓަރި ވަނީ މުޅީންހެން އަނދާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ