ޒަމާނީ ފެންވަރުގެ މަސް މާރުކޭޓަކާއި ލޯކަލް މާރުކޭޓެއް ތަރައްގީކުރަން 126 މިލިއަން ރުފިޔާއަށް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - މިހާރު ލޯކަލް މާރުކޭޓް ހުރި ބިމުގައި 'މާލޭ ވެޓް މާރުކޭޓް ކޮމްޕްލެކްސް' ނަމުގައި އެތަން ތަރައްގީކުރަން ހަވާލުކުރީ، 'ޓްރަސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ' އެވެ.
އެއްބަސްވުމުގައި ޓްރަސްޓެން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުލް ހާދީ އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ޝާމިލް އެވެ.
ތަފްސީލް - ޖުމްލަ 126.3 މިލިއަން ރުފިޔާއަށް މި މަަސައްކަތް ހަވާލުކުރީ، ދޮޅު އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގައި ހިމެނެނީ:
ހަ ފަންގިފިލާގެ ވެޓް މާކެޓް ކޮމްޕްލެކްސްއެއް
ޕާކިންނަށް ބޭސްމަންޓް
އެންމެ ތިރީގައި މަސް މާރުކޭޓް
1، 2 އަދި 3 ވަނަ ފަންގިފިލާގައި ތަރުކާރީ މާރުކޭޓް
4 ވަނަ ފަންގިފިލާގައި ފުޑް ކޯޓެއް
އެނގުން މުހިންމު - މިހާރު ލޯކަލް މާރުކޭޓު ހުރި ބިމުގައި، ޒަމާނީ ފެންވަރުގެ މަސްމާރުކޭޓަކާއި ލޯކަލް މާރުކޭޓެއް ތަރައްގީކުރަން ނިންމީ ރައީސް މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އިރު އެވެ. އޭރު ނިންމާފައި އޮތީ، އެތަން ތަރައްގީކުރުމަށް ފަހު މިހާރު ހުރި ލޯކަލް މާރުކޭޓު ތަޅާލާށެވެ.
އޭރު އެތަން ތަރައްގީކުރަން ނިންމާފައި އޮތީ:
އެންމެ ތިރީ ބުރީގައި މަސްމާރުކޭޓެއް
ފުރަތަމަ ތިން ފަންގިފިލާގައި ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓް
ހަތަރު ވަނަ ފަންގިފިލާގައި ރެސްޓޯރަންޓު/ކެފޭ
އެކަމަކު އެ މަޝްރޫއު ފަށާފައެއް ނުވެ އެވެ.
މިހާރު މާލޭގެ މޭޔަރު އާދަމް އާޒިމް މިދިޔަ އޮގަސްޓް މަހު ވިދާޅުވި ގޮތުގައި އެ މަސައްކަތް މަޑުޖެހިފަ އޮތީ ދެ ކުންފުންޏަކާ އެކު ގޮތް ނޭނގޭ ދެ އެއްބަސްވުން ހަދާފައި އޮތުމުންނެވެ.
އެގޮތުން އޭނާ ވިދާޅުވީ:
ފުރަތަމަ އެއްބަސްވުމުގެ އަގަކީ 6.1 މިިލިއަން ޑޮލަރު
މިއީ މޭޔަރަކަށް ރައީސް މުއިއްޒު ހުންނެވިއިރު ހެދި އެއްބަސްވުމެއް
ދެވަނަ އެއްބަސްވުމުގެ އަގަކީ 9.6 މިލިއަން ޑޮލަރު
މި ކޮންޓްރެކްޓު ހެދީ ކާކު ބުނެގެން ކަމެއް އެނގޭކަށް ނެތް
ދެވަނަ އެއްބަސްވުން ހެދީ ރައީސް މުއިއްޒު ރައީސްކަމަށް އިންތިހާބުވެވަޑައިގަތުމަށް މޭޔަރުކަމުން އިސްތިއުފާ ދެއްވުމުން އެ މަގާމު ހުސްކޮށް އޮއްވާ
އޭރު މޭޔަރުކަމުގެ ޒިންމާ އުފުއްލެވީ އޭރުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް
ފަހުން ހެދި އެއްބަސްވުން އޮތް ގޮތުން މާރުކޭޓުގެ މަސައްކަތް ހުއްޓި، އެ އިމާރާތް ވެސް ގެއްލިދާނެ ކަމުގެ ބިރު އޮތް ކަމަށް އާޒިމް ވިދާޅުވި އެވެ.
126 މިލިއަން ރުފިޔާއަށް ލޯކަލް މާރުކޭޓް މަޝްރޫއު ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ