މިއީ ރައްޔިތުން ބާރުވެރި ކުރެވުނު އަހަރެއް: ރައީސް
މިއީ އިސްލާހީ ބަދަލުތަކެއް ގެނެވި، ރައްޔިތުން ބާރުވެރި ވެސް ކުރެވުނު އަހަރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ކާމިޔާބީއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގަ އެވެ.ރައީސް މުއިއްޒު ވިދާޅުވީ 2024ވަނަ އަހަރަކީ ރައްޔިތުން ބާރުވެރިކުރުވުމުގެ އިތުރުން ގައުމުގެ ސިޔާދަތު ހިމާޔަތްކުރެވުނު އަހަރެއްކަމަށެވެ. އެގޮތުން ގާނޫނުއަސާސީއަށް ގެންނެވި އިސްލާހުތަކުގެ ސަބަބުން ގައުމުގެ މުހިންމު ކަންކަމުގައި ރައްޔިތުންގެ ބަސް ހޯދަންޖެހޭ ކަމަށާއި، އެއީ ރައްޔިތުންގެ އަތްމައްޗަށް ބާރުވެރިކަން ދިނުންކަން އެމަނިކުފާނު ސިފަކުރެއްވި އެވެ.ރައީސް ވަނީ ރައްޔިތުންގެ މަޖިލީހުން ޤާނޫނު އަސާސީއަށް ގެންނެވި އިސްލާހުތައްވެސް އެމަނިކުފާނުގެ ޕޯސްޓާއެކު ހިއްސާކުރައްވާފަ އެވެ. އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މި އަހަރުގެ ތެރޭގައި ވަނީ އިސްލާހީ މުހިއްމު ފިޔަވަޅުތަކެއް އެޅިފަ އެވެ. އޭގެ ތެރޭގައި ބޭރުގެ އަސްކަރިއްޔާއެއްގެ ބަޔަކު ރާއްޖޭގައި މިހާރު ނެތުމާއި ރާއްޖޭގެ ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރިކުރެވުމާއި ރައްޔިތުންގެ ބާރު މިހާރު ބޮޑުވުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.ރައީސް މުއިއްޒުގެ ވެރިކަމަށް އަހަރެއް ފުރުނީ މިދިޔަ މަހުގެ 17 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ