ސްޓެލްކޯ ސަބްސްޓޭޝަން ގްރިޑާއި ގުޅާލައިފި، ކަރަންޓު ކަނޑާލަން ޖެހުނީ ދެ ސަރަހައްދުން

ސްޓެލްކޯއިން މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިންމާލާފައިވަނީ ކަރަންޓުގެ ޚިދުމަތަށް ބޮޑު ބުރެލެއް ނައިސް ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ. މިއަދު ހެނދުނު ހުޅުމާލެ ފޭސް 2 ގެ ހުރި 132 ކޭ.ވީ. ގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑާއި މިހާރު ވަނީ ގުޅާލާފައެވެ.
ސްޓެލްކޯއިން ހުޅުމާލެ ދެވަނަ ފިޔަވަހީގެ އައު ސަބްސްޓޭޝަން ބޭނުން ކުރަން ފަށާފައިވާއިރު، މިމަސައްކަތް ކޮށްފައިވަނީ ހުކުރު ދުވަހުގެ ހެނދުނުއެވެ. ސްޓެލްކޯއިން ވަނީ މިމަސައްކަތް ފެށުމުގެ ކުރިން މަސައްކަތް ކުރިއަށްދާ ވަގުތު ކަރަންޓު ޚިދުމަތް މާލެގެ ބައެއް ސަރަހައްދުތަކުން އެއް ގަޑިއިރަށް މެދުކެނޑިދާނެ ކަން އަންގާފައެވެ. އެގޮތުން ހެނދުނު 06:00 އާއި 08:00 އާއި ދެމެދު 1 ގަޑިއިރަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މިމަސައްކަތް ކާމިޔާބުކަމާއި އެކު ނިމުމާއި ގުޅިގެން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ މީސްމީޑިއާގެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެކުންފުނީގެ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލާފައިވާކަމަށެވެ. އަދި މިމަސައްކަތް ކުރިއަށްދިޔަ ވަގުތު ކަރަންޓު ޚިދުމަތަށް މާ ބޮޑު ބުރުލެއް އަރާފައި ނުވާ ކަމަށް، ފަހުމީ ވިދާޅުވިއެވެ.
ސްޓެލްކޯއިން ވިދާޅުވީ މިމަސައްކަތް ކުރުމަށް ބުރާސްފަތި ދުވަހުން ފެށިގެން ތައްޔާރުވަމުން ދިޔަ ކަމަށެވެ. އެގޮތުން ތައްޔާރީތައް ފުރިހަމަ ކުރުމަށްފަހު، ދޮޅު ގަޑިއިރެއްހާ ދުވަހުގެ ތެރޭގައި އެމަސައްކަތް ފުރިހަމަކޮށްފައިވާ ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ. ސްޓެލްކޯއިން ފުރަތަމަ އަންދާޒާ ކުރީ 10 ސަރަހައްދަކުން ކަރަންޓު ކެނޑޭނެ ކަމަށެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޖެނެރަލް މެނޭޖަރ އިބްރާހީމް ނާޝިދު ވިދާޅުވީ، މިމަސައްކަތް ކުރިއަށް ދިޔައިރު ކަރަންޓު ކަނޑަން ޖެހުނު ހިސާބުތައް މަދުވެގެން ދިޔައީ މޫސުން ތަންދިނުމުގެ ސަބަބުން ކަމަށެވެ. މިއާއެކު ރައްޔިތުން މިކަމުގެ ދެއްވި އެއްބާރުލުމަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.
"އަޅުގަނޑުމެން މިމަސައްކަތް ފެށީ ހެނދުނު 6:00 ޖެހިއިރު. މިމަސައްކަތް 7:35 ވީއީރު ކާމިޔާބުކަމާއެކު ވަނީ ނިންމާލާފައި. މިއަދު މޫސުން ތަންދިނުމުގެ ސަބަބުން އިއްޔެ އަޅުގަނޑުމެން ދަންނަވާލި ގޮތާއި ޚިލާފަށް އެންމެ 2 ސަރަހައްދުން މާލެއިން ކަރަންޓު ކެނޑީ. އެ ދެ ސަރަހައްދަށްވެސް 1 ގަޑިއިރު ނުވަނީސް ވަނީ ކަރަންޓު ދީފައި. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދަތިވާނެ ކަމަށް ޤަބޫލުކުރަން އެކަމަކުވެސް ކަސްޓަމަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރީއްޔާ" ސްޓެލްކޯގެ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޖެނެރަލް މެނޭޖަރ އިބްރާހީމް ނާޝިދު ވިދާޅުވިއެވެ.
ސްޓެލްކޯގެ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މާލެ ސަރަހައްދުގައި އިތުރުވަމުން އަންނަ ޑީމާންޑާއި އެއްވަރަށް ކަރަންޓު ޚިދުމަތް ފޯރުކޮށްދިނުމަށް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ކޮންމެ އަހަރެއްގެ ރޯދަ މަހާއި ދިމާކޮށް ދޫރާލާ އެކުންފުނިން ކަރަންޓު ޚިދުމަތް ދިނުމަށް ތައްޔާރުވެއެވެ. އެގޮތުން ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތަކާއި ނެޓްވޯކްގެ މަސައްކަތްތައް އަބަދުވެސް އެކުންނިން ދަނީ ކުރަމުންނެވެ.
އެކުންފުނިން މިމަސައްކަތްތައް ކުރަމުންދާއިރު، ރައްޔިތުންނަށް ވީހާވެސް ބޮޑަށް ދަތިނުވާނެ ގޮތަށް މަސައްކަތްތައް ރާވާ އިންތިޒާމު ކުރަމުންދާނެ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ