ޒިނޭކުރަން ޖެހިލުން ނުވާ މީހުންނަށް ސުވާލެއް! މިޙަދީޘް އެނގުމުންވެސް ޒިނޭކުރާނަން ހެއްޔެވެ؟

މުޅި ދުނިޔެއަސް ބެލިނަމަވެސް ޒިނޭކުރުން މިވަނީ ޢާންމުވެފައެވެ. އިސްލާމީ މުޖުތަމަޢުތަކުގައިވެސް އަންނަނީ ޢާންމުވަމުންނެވެ. ގިނަ މީހުން ޒިނޭކުރަނީ އެއީ ކިހައިވަރެއްގެ ބޮޑު ފާފައެއްކަން ނުވެސް އެނގިތިބެއެވެ. 
ބައެއް ދިރާސާތަކުން އެނގޭ ގޮތުގައި ކައިވެނި ނުކޮށް ތިބެ ޒިނޭކުރާ މީހުންނަށްވުރެ ގިނައީ ކައިވެނިކޮށްގެން ކައިވެނިމަތީގައި ތިބެ ނުވަތަ ވަރިވެގެން ތިބެ ޒިނޭކުރާ މީހުންނެވެ. ހަމައެންމެ ސުވާލެކެވެ! މިޙަދީޘްފުޅު އެނގުމުންވެސް ހަމަ ޒިނޭކުރާނަން ހެއްޔެވެ؟ 
"3 ކަމަކުން މެނުވީ މުސްލިމުން ގެ ލޭ ހުއްދަވެގެނެއް ނުވެއެވެ. އެއީ ކައިވެންޏަށްފަހު ޒިނޭ ކުރާ މީހާއެވެ. އަދި ނަފްސަކަށް ނަފްސެކެވެ. (އެބަހީ، މީހަކު މެރުމުން މަރުގެ ޙުކުމް ޤާއިމުކުރެވޭ މީހާއެވެ.) އަދި (މުރުތައްދުވެ) ދީން ދޫކޮށް، މުސްލިމުންގެ ޖަމާޢަތާއި ވަކިވެގަންނަ މީހާއެވެ.
(ޞަޙީޙް ބުޚާރީ، ޞަޙީޙް މުސްލިމް)
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ