ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ ކޮލިޓީ އެޝުއަރަންސް ކޮންޓްރޯލަރުގެ މަގާމަށް ޑރ. އާމިނަތު ޝިޔާމާ އަދި އެ ޔުނިވަސިޓީގައި އަލަށް ގާއިމްކުރާ ސެންޓަ ފޯ ސެކިއުރިޓީ އެންޑް ސްޓްރެޓެޖިކް ސްޓަޑީޒްގެ ވެރިޔާގެ މަގާމަށް ޑރ. އަބްދުﷲ އަހުމަދު ރަޝީދު އިއްޔެ އައްޔަންކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ ދެ ބޭފުޅުންނާ މަގާމުގެ ލިޔުން ހަވާލުކުރީ އެމްއެންޔޫގެ މައި މަރުކަޒުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ޑިސެންބަރު 2005ގައި އެމްއެންޔޫގެ ފެކަލްޓީ އޮފް އެޑިޔުކޭޝަނާ ގުޅިވަޑައިގަތް
އެ ފެކަލްޓީގައި އެސިސްޓެންޓް ޕްރޮފެސަރު، ސީނިއަ ލެކްޗަރާ، ލެކްޗަރާ އަދި އެސިސްޓެންޓް ލެކްޗަރާކަން ކުރެއްވި
ޔުނިވަސިޓީގެ އެކެޑެމިކް ސެނެޓުގައި ބައިވެރިވެވަޑައިގެން ފެކަލްޓީ ތަމްސީލުކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެއްވި
ބުނީ ކީކޭ؟ - ޝިޔާމާ ވިދާޅުވީ ޔުނިވަސިޓީގެ ގާބިލުކަން ތަރައްގީކުރުމާއި ލިޔެކިޔުންތަކާއި ރިޕޯޓިން އަދި ފޮލޯއަޕް އުސޫލުތައް ހަރުދަނާކުރުމާއި ޔުނިވަސިޓީން މިހާރު ފަށާފައިވާ އޮޑިޓް އަދި ކޮމްޕްލައިންސް މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން، ޔުނިވަސިޓީގެ މަސައްކަތްތަކުގައި، ހާއްސަކޮށް ކޮލިޓީ އެޝުއަރަންސް ނިޒާމުތަކުގެ ދެމެހެއްޓެނިވި ގޮތްތައް ތަންފީޒުކޮށް، އެމްއެންޔޫއަކީ ނަމޫނާ ޔުނިވަސިޓީއަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވައިސް ޗާންސެލަރުގެ ޕްލޭންގައިވާ ގޮތަށް ކިއުއެސް އަދި ޓައިމްސް ހަޔާ އެޑިޔުކޭޝަން ފަދަ ބައިނަލްއަގުވާމީ ރޭންކިން އެކްރެޑިޓޭޝަންތަކުގައި އަދި ކިއުއޭ ޖަމިއްޔާތަކުގައި ބައިވެރިވެ، ޔުނިވަސިޓީން ދެވޭ ހިދުމަތްތަކަކީ މަތީ ތައުލީމު ދިނުމުގައި ބައިނަލްއަގުވާމީ މިންގަނޑުތަކުގައި ހިފަހައްޓައި ފެންވަރު ރަނގަޅު ހިދުމަތްތަކަށް ހެދުމަށް މަސައްކަތްކުރާނަން،" އޭނާ ވިދާޅުވި އެވެ.
އާތިފްﷲ ވިދާޅުވީ ސެކިއުރިޓީ ނުވަތަ ނޭޝަނަލް ސެކިއުރިޓީގެ ދާއިރާއިން ގައުމީ ޔުނިވަސިޓީގައި ދިރާސާކޮށް، އެކަޑަމިކުން ބިނާކޮށް އަދި ދަރިވަރުން ތަމްރީނުކުރުމަށް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ބާރުއަޅައި އެއްބާރުލުން ދޭ ކަމަށާއި އެއީ މި ސެންޓަރުން ކުރުމަށް ނިންމާ މަސައްކަތްތަކަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
މި ސެންޓަރުގެ ސަބަބުން އެމްއެންޔޫގެ ސެކިއުރިޓީ އަދި ސްޓްރެޓެޖިކް ސްޓަޑީސްގެ ދާއިރާއިން ދިރާސާތައް ތައްޔާރުކޮށް، މަތީ ތައުލީމީ ފެންވަރުގައި ކޯސްތައް ހިންގުމުގެ ފުރުސަތު ހުޅުވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން، އޭނާ ވިދާޅުވީ:
މިއީ މިހާތަނަށް ޔުނިވަސިޓީ ފެންވަރުގައި ރާއްޖޭގައި ސެކިއުރިޓީގެ ދާއިރާއިން ދިރާސާކޮށް، މާސްޓާސް އަދި ބެޗެލާސް ޑިގްރީއަށް ކިޔަވައިދިނުމަށް އުފައްދާ ފުރަތަމަ ސެންޓަރު
މި ދާއިރާއިން ކުދި ގައުމުތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް ބަލައި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އެމްއެންޔޫގައި ސްމޯލް ސްޓޭޓް ސްޓަޑީސްގެ ދާއިރާއިން ފުންނާބުއުސް ޕްލެޓްފޯމެއް ގާއިމުކުރެވޭނެ
އެއާ އެކު، އެމްއެންޔޫއަށް ކޮލެބްރޭޓިވް ފައިނޭންސް އެންޑް ރިސާޗު ޕްރޮޖެކްޓްގެ ފުރުސަތު ހުޅުވާލެވޭނެ
މި ސެންޓަރުން ތައާރަފުކޮށް ހުޅުވާލާ ޕްރޮގްރާމްތަކާއި ހަރަކާތްތަކުގެ ތެރޭގައި އެކަޑެމިކް އަދި ޕްރޮފެޝަނަލް ކޯސްތަކާއި ވޯކްޝޮޕްތައް ހިމެނޭނެ؛ މީގެ ތެރޭގައި، މާސްޓާސް ކްލާސްތަކާއި މާސްޓަ އޮފް ސެކިއުރިޓީ އެންޑް ސްޓްރެޓެޖިކް ސްޓަޑީސް ރިސާޗު ޕްރޮގްރާމެއް ހިމެނޭނެ
އެމްއެންޔޫގެ އިސް 2 މަގާމަކަށް ބޭފުޅުން އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ