އެންމެންގެ މައްޗަށް ގާނޫނު ހިނގާނެ: ރައީސް

ޤާނޫނު އަސާސީއާއި ޤާނޫނުތައް ތަންފީޒުކުރުމުގައި، ހަސަބާއި ނަސަބަށް އަދި މީހެއްގެ ސިޔާސީ ފިކުރަށް ނުބަލާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.މިދިޔަ ހުކުރު ދުވަހުގެ ފަތިހު މާލޭގެ އިމާރާތަކުން ވެއްޓި ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލާގައި އެ ޒުވާނާ އެކު ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ބޮޑުބޭބެ ވިދާޅުވާ ކޮއްކޮއަކު އެ އިމާރާތަށް މަސްތުގެ ހާލަތުގައި ގޮސް އުޅުނު ކަމަށް ފުލުހުން ބުންޏެވެ.ފުރާޅު މައްޗަށް ވެއްޓި އަނިޔާވި ހައްވާ ޔުމްނު ރަޝީދު، 21، ވެންޓިލޭޓަރަށް ލީ ކަމަށް އައިޖީއެމްއެޗުން މިދިޔަ ހޮނިހިރު ދުވަހު ބުނެފައިވެ އެވެ. ފަހުން ވެންޓިލޭޓަރުން ނެގުމަށް ފަހު މިހާރު ދަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ. ،ި ހާދިސާގައި ސަރުކާރުގެ ސިޔާސީން ތިބިކަން މިހާރު ވަނީ ހާމަވެފަ އެވެ.ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ޤާނޫނުގެ ވެރިކަން މި ޤަައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރާކަމަށެވެ."އެ މީހެއްގެ ޙަސަބަކަށް، ނަސަބަކަށް، މަޤާމަކަށް، މުއްސަނދިކަަމަކަށް، ރަޙްމަތްތެރިކަމަކަށް، ޢާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް، އަދި އެ ނޫންވެސް ކަމަކަށް ބަލާ، މިކަމުގައި ކުރާނެ ތަފާތު ކުރުމެއް ނުއޮންނާނެ،" ރައީސް ކުރެއްވި ޕޯސްޓުގައި ވެއެވެ.ފުލުހުން ކިޔައިދިން ގޮތުގައި ހާދިސާ ހިނގުމުގެ ކުރިން، އެ ރޭ އެ އަންހެން ކުއްޖާއާ އެކު އިތުރު ހަތް މީހަކު އުޅުނެވެ. އެއީ، ޖުމުލަ ތިން އަންހެނުންނާއި ފަސް ފިރިހެނުންނެވެ.ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ތުހުމަތުކުރަމުން އަންނަނީ، މި މައްސަލައިގައި ހިމެނޭ މީހުން މަސްތުވާތަކެތި ބޭނުންކުރީ މިނިސްޓަރު އަމީން ދިރިއުޅުއްވާ ގޭގައި ކަމަށެވެ.އަމީން ވިދާޅުވި ގޮތުގައި އެ ގެއަކީ އޭނާއާއި އޭނާގެ އެއްބަނޑު އެއްބަފައި ތިން މީހެއްގެ ގެއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ