ގޮއިދޫ ސްކޫލުގެ ޓީޗަރަކު އެއްޖިންސުން ގުޅުން ހިންގުމަށް އެދި މީހުންނަށް މެސެޖުކުރާ ކަމުގެ ތުހުމަތު

ބ. ގޮއިދޫ ސްކޫލުގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރަކު އެކި މީހުންނަށް މެސެޖުކޮށް އެއްޖިންސުން ގުޅުން ހިންގަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުނަ ބުނީ މި މައްސަލަ ހުށަހެޅިފައިވަނީ 2025 މެއި 17 ވަނަ ދުވަހު ކަމަށެވެ.
އަދި  މި މައްސަލައިގެ މަޢުލޫމާތު ކަމާ ގުޅުން ހުރި އިދާރާތަކާ ހިއްސާކޮށް، އެ މުއައްސަސާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާކަމަށްވެސް ފުލުހުން ބުންޏެވެ. 
މައުލޫމާތު ލިބޭ ގޮތުގައި މި މައްސަލާގައި ތުހުމަތު ކުރެވެނީ އިންޑިޔާއަށް ނިސްބަތްވާ، ގޮއިދޫ ސުކޫލުގެ ފިރިހެން ޓީޗަކަށެވެ. އޭނާ އަކީ އެ ސުކޫލު ދަރިވަރުންނަށް އިނގިރޭސި މައްދާ ކިޔަވައިދޭ ޓީޗަރެކެވެ. 
ތުހުމަތު ކިރެވޭ ޓީޗަރު އެކި މީހުންނަށް މެސެޖުކޮށް އޭނާ އުޅޭ ތަނަށް އައުމަށް ދައުވަތުދީ ތަފާތު ވާހަކަތައް ދައްކާފައިވާ މެސެޖުތަކުގެ ސްކްރީންޝޮޓް މީސް މީޑިއާގައިވެސް އަންނަނީ ދައުރުވަމުންނެވެ. 
މި މައްސަލާގައި އެޑިޔުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ