ބީއެމްއެލްގެ ކާޑުގެ ޚިދުމަތަށް ބުރޫ އަރައިފައި، މައްސަލަ ހައްލުވާނީ 2:30ހާއިރު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑުގެ ޚިދުމަތަށް ބުރޫއަރައިފައިވާއިރު، އެ މައްސަލަ ހައްލުވާނީ މެންދުރު 2:30ހާއިރު ކަމަށް އެ ބޭންކުން ބުނެފިއެވެ. ބީއެމްއެލްއިން ވަނީ، ފަތިހު 5:14ގައި އެކްސްގައި ކުރި ޕޯސްޓެއްގައި، މިއަދު ކާޑު ޚިދުމަތާ ގުޅުންހުރި މަސައްކަތްތަކެއް ކުރަމުންދާތީ، ހެނދުނު 7:00އާ ހަމައަށް ކާޑު ޚިދުމަތްތައް ބޭނުންނުކުރެވޭނެ ކަމަށް ބުނެފައެވެ. އެއަށްފަހު 10:13ގައި ކުރި ޕޯސްޓެއްގައިވަނީ އެ މަސައްކަތްތަކަށް، ކުރިން ލަފާކުރި ވަރަށް ވުރެ އިތުރަށް ވަގުތު ބޭނުންވާ ކަމަށެވެ. އެހެންވެ، އޭޓީއެމްތަކާއި ޕީއޯއެސް މެޝިންތައް މެދުވެރިކޮށް ކާޑު ބޭނުންކުރުމުގައި އަދިވެސް ދަތިތައް ދިމާވާނެ ކަމަށް އެ ބޭންކުން ފާހަގަކުރިއެވެ. މީގެ އިތުރުން މިހާރު ލަފާކުރެވެނީ މައްސަލަ ހައްލުވާނީ 2:30ހާއިރު ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ. https://x.com/bankofmaldives/status/1900777372783395034 މި ވަގުތުތަކުގައި، މޮބައިލް އަދި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސާ ދެއްކުން ކުރިއަށް ގެންދެވޭނެކަން އެ ބޭންކުން ފާހަގަކުރިއެވެ. މީގެ އިތުރުން، ވީހާވެސް އަވަހަކަށް ޚިދުމަތްތައް އަލުން ފެށުމަށް މަސައްކަތް ކުރަމުން ދާކަމަށް ބުނެ، އެ ކަމުގެ ސަބަބުން ދިމާވާ އުނދަގޫތަކަށް އެ ބޭންކުން ވަނީ މައާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ