އިބިލީހާ އިބިލީސްކުރާ ކަންކަމެއް ލޮލަކަށް ނުފެންނާނެ! އެކަމަކު ސޯޝަލް މީޑިއާއިން އިބިލީހުގެ ޢަމަލުތައް ފެނި ކޮންމެ ދުވަހަކު އެތައް ހާސްބައަކު ފާފަކުޜޭ!

އިބިލީސް ދޭނީ ވަސްވާހެވެ. އެހެންވެ އެއެއް ލޮަލަކަށް ނުފެންނާނެއެވެ. ނަމަވެސް އިބިލީހުގެ ޢަމަލުތައް މިއަދު ވަރަށް ފަސޭހައިން ފެނެއެވެ. ގިނަ ބައަކު ކޮންމެ ދުވަހަކު އެގެންދަނީ ބަލައި އިބިލީހުގެ ބަހަށް ހެއްލެމުންނެވެ. މިކިޔައިދެނީ އެކަން ހިނގާ ގޮތެވެ. 
އަހުރެމެންނަކަށް އިބިލީހެއް ނުފެނެއެވެ. ނަމަވެސް ސޯޝަލް މީޑިއާއިން އިބިލީހުގެ ޢަމަލުތައް ފެނެއެވެ. އެޢަމަލުތައް ފެނުމުން އެކަންކަން ކުރަން ޝައުޤުވެރިވެވެއެވެ. އެކަމުގެ ސަބަބުން ކޮންމެ ދުވަހަކު އެތައް ހާސް ބައަކަށް އެކިވަރުގެ ފާފަތައް ކުރެވެއެވެ. 
މީސްތަކުންނޭވެ! ފާއިތުވެގެންދިއަ ރަމަޟާން މަހު އަހުރެމެން ވަރަށް ބުރަކޮށް މަސައްކަތްކޮށްފީމެއެވެ. ވަރަށް ގިނައިން އަޅުކަންކޮށްފީމުއެވެ. އެކަމުގެ ސަބަބުން އަހުރެމެންގެ ހިތްތަކަށް މިވަނީ އަލިކަންވެސް ލިބިފައެވެ. ދެން އޮތީ އެއަލިކަން އެގޮތުގައި ދަމަހައްޓަން ގަދައަޅައި މަސައްކަތްކުރުމެވެ. އެމަސައްކަތް ނުކުރެވިއްޖެނަމަ ރަމަޟާން މަހު ކުރި މަސައްކަތް ފޭލްވެގެންދިއައީއެވެ. 
މީސްތަކުންނޭވެ! ސޯޝަލް މީޑިއާއި ޝައިޠޯނާގެ ވަސްވާސްތައް ދައުރުކުރާ ފަދައިން ތަޤްވާގެ މަގުތައްވެސް ދައުރުކުރެއެވެ. އެއީ ހެޔޮލަފާ ޢިލްމުވެރިންގެ ބަސްފުޅުތަކެވެ. އެބޭކަލުންގެ އަގުހުރި ނަޞޭޙަތްތަކެވެ. 
ޝައިޠޯނާގެ މަންޒަރުތައް ބަލައި ކޮންމެ ދުވަހަކު އެތައްހާސް ބައަކު ފާފަތައްކުރާ ފަދައިން މިބަޔާންކުރި ފަދަ ތަޤްވާވެރިވުމަށް ހިތްވަރުލިބޭ ބަސްތައް ބަލައި، ކިޔައި ކޮންމެ ދުވަހަކު އެތައް ހާސްބައަކު ހެޔޮ ޢަމަލުތައްވެސް ކުރެއެވެ. އެމީހުންގެ ތަޤްވާރިކަން އިތުރުކުރެއެވެ. 
ވީމާ ރަމަޟާން މަހު ކުރިއަޅުކަމުގައި ޘާބިތުވެ ހުންނަން ބޭނުންނަމަވެސް އަދި ތެދުމަގު ލިބެން ބޭނުން ނަމަވެސް ސޯޝަލް މީޑިއާގައި ތަޤްވާވެރިން ފޮލޯކުރާށެވެ! ތިބާގެ ތަޤްވާވެރިކަން ދާނީ އިތުރުވަމުންނެވެ! އިން ޝާ ﷲ
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ