259 ގްރާމް މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި 259 ގްރާމް މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި އަޅާފައިހުރި 259 ގްރާމްގެ ރަބަރު ޕެކެޓެއް ގެންގުޅުނު މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި އެވެ.
މަސްތުވާތަކެތި ހުރި ޕެކެޓަކާއެކު ހުޅުމާލެއިން ހައްޔަރުކުރީ މުހައްމަދު އާލިމް، 22، ފުނަމާގެ، އދ. މާމިގިލި އެވެ. އޭނާ ހައްޔަރު ކުރީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ހަތެއްގެ ތިރީގައި ހުންނަ ޕާކިން ޒޯނަށް ސައިކަލެއްގައި ވަދެ ފުލުހުން ފެނުމުން އަވަސް އަވަހަށް ސައިކަލް ޕާކު ކޮށްފައި ދާން މަސައްކަތް ކުރުމުން ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތި އަޅާފައިހުރި ރަބަރު ޕެކެޓު ފެނުނީ އާލިމްގެ އަމަލުތައް ހުރިގޮތުން އެނާ ހުއްޓުވައި ބަލައި ފާސްކުރިއިރު، އޭނާގެ އަތުގައި އޮތް ކޮތަޅުން ކަމަށް ފުލުހުން ބުންޏެވެ. 259 ގްރާމްއަކީ އެ ރަބަރު ޕެކެޓުގެ ވަގުތީ ބަރުދަނެވެ.
ފުލުހުން ބުނީ އެ މައްސަލަ ހުޅުމާލެ ފޭސް ދޭއްގެ ފުލުސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ