އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ނެޝަނަލް ޑްރަގް އެޖެންސީގެ މަގާމަކަށް ބަދަލު ކުރަން ނިންމައިފި އެވެ.
ޑްރަގް އެޖެންސީއަކީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެކެވެ. ރިޔާޒް އެތަނަށް ބަދަލު ކުރަން ނިންމި ނަމަވެސް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައެއް ނުވެ އެވެ.
ފުލުސް އޮފީސް ހިންގުމުގައި އިސް ރޯލެއް އަދާ ކުރެއްވި ރިޔާޒް ޑްރަގް އެޖެންސީއަށް ބަދަލު ކުރަން ނިންމި އިރު، މި ސަރުކާރު ވެރިކަމަށް އައި ފަހުން އޭނާ ހުރީ ފުލުހުންގެ މުހިންމު މަސައްކަތްތަކުން ދުރުކޮށްފަ އެވެ.
މި ސަރުކާރު ވެރިކަމަށް އައި އިރު ރިޔާޒް ހުންނެވީ ކްރިމިނަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުގެ އިސް ވެރިޔާގެ މަގާމުގަ އެވެ. އޭނާ އެ މަގާމުން ވަކި ކުރީ ނޮވެމްބަރު، 2023، ގަ އެވެ.
ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ވެރިޔާގެ މަގާމުގައި ހުންނެވި އިރު އޭނާ ވަނީ މުހިންމު ތަހުގީގުތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި، 2021، ގައި ދިން ބޮމުގެ ހަމަލާ ހިމެނެ އެވެ.
އެސިސްޓަންޓު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ރިޔާޒް އައްޔަންކޮށްފައި ވަނީ މާޗް، 2019، ގަ އެވެ. އެ މަގާމަށް ރިޔާޒް އައްޔަން ކުރީ ފުލުހުންގެ ވަޒީފާ އިއާދަކޮށްދިނުމަށްފަހެވެ. އޭނާ ފުލުހުންގެ ވަޒީފާއިން ވަކި ކުރީ ސެޕްޓެމްބަރު، 2017، ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.
ފުލުހުންގެ ވަޒީފާއަށް ރިޔާޒް ވަދެފައި ވަނީ މެއި، 1999، ގަ އެވެ.
އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒު ޑްރަގް އެޖެންސީއަށް ބަދަލު ކުރަނީ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒު ޑްރަގް އެޖެންސީއަށް ބަދަލު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ