14 އޯރިއޯ ބިސްކޯދު (މެދު ސައިޒަކަށް ފުނޑުވާފައި)
300ގ ފުށް
300ގ ބަޓަރު
2 މޭޒުމަތީ ސަމުސާ ވެޖިޓެބްލް ތެޔޮ
250ގ ހަކުރު
150ގ ކޯން ފްލާ
½ 1 ސައިސަމުސާ ބޭކިން ސޮޑާ
½ ސައިސަމުސާ ބޭކިން ޕައުޑަރު
½ ސައިސަމުސާ ލޮނު
1 ސައިސަމުސާ ވެނީލާ އެސެންސް
110ގ ކިރު
4 ބިސް
ބޯތައްޓެއްގައި ފުށާއި ކޯން ފްލާ އާއި ބޭކިން ސޮޑާ އާއި ބޭކިން ޕައުޑަރު އަދި ލޮނު އެއްކުރާށެވެ.
އެހެން ބޯތައްޓެއްގައި ބަޓަރާއި ތެލާއި ހަކުރު އެއްކުރާށެވެ. އެއްކުރާނީ އިލެކްޓްރިކް މިކްސަރަކުންނެވެ. ދެ މިނެޓް ވަންދެން ގިރާލަން ވާނެ އެވެ.
އެއަށް ފަހު އެއަށް ފަހަރަކު ބިހެއް އަޅާފައި ގިރާށެވެ. ކޮންމެ ބިހެއް އަޅާފައި 10-15 ސިކުންތު ގިރާލަން ވާނެ އެވެ. ދެން އެއަށް ވެނީލާ އާއި ކިރު އަޅާފައި ގިރާށެވެ.
ދެން ކުރިން އެއްކުރި ހިކި ތަކެތި މިއަށް އަޅާފައި އެއްކުރާށެވެ. އެއް ކުރާނީ ސްޕެޗުލާ ނުވަތަ ސަމުސަލަކުންނެވެ. ދެން އޯރިއޯތައް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
އެއަށް ފަހު އަވަނުން 170 ޑިގްރީގައި 40 މިނެޓް ވަންދެން ފިހެލާށެވެ.
ފަސޭހަ ރެސިޕީ: އޯރިއޯ ކޭކު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ