މަޖިލިސް ރައީސް ފޮނަދޫގައި އިމާމުވެ ހުކުރު ކުރައްވައިފި

އެ މަނިކުފާނަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ހުކުރު ކުރެއްވުމުގެ ހުއްދަ ވެސް އޮންނަ ބޭފުޅެކެވެ. އިމާމުވެ ހުކުރު ކުރެއްވުމާ ދުރަށް ވަޑައިގެންފައި ވަނީ ސިޔާސީ މަސައްކަތުގައި އަވަދި ނެތި އުޅުއްވަން ޖެހި ވަޑައިގަތުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުالله އިމާމުވެ، މިއަދު ހުކުރު ކުރައްވައިފި އެވެ.
އަބްދުއްރަހީމް އިމާމުވެ ހުކުރު ކުރެއްވެވީ އެ މަނިކުފާނުގެ އުފަން ރަށް ލ. ފޮނަދޫއަށް ވަޑައިގެން، އެ ރަށުގެ މިސްކިތްތަކުގެ ތެރެއިން މަސްޖިދުލް އުލާގަ އެވެ. މިއަދު މުޅި ރާއްޖޭގައި ދިން ހުކުރު ހުތުބާގެ މައުލޫއަކީ "ނަސްރުގެ މައްސަރު" އެވެ.އަބްދުއްރަހީމް ފޮނަދޫގެ މިސްކިތެއްގައި މިއަދު އިމާމުވެ ހުކުރު ކުރެއްވެވި އިރު، އެ މަނިކުފާނު އަމިއްލަފުޅު ރަށަށް ވަޑައިގަތީ މަޖިލީހުގެ ރަސްމީ މަސައްކަތަށް ފަހު ހަފުތާ ބަންދަށެވެ. މަޖިލިސް ރައީސް، އަބްދުއްރަޙީމަކީ ކުރީންސުރެ ފޮނަދޫގައި އިމާމުވެ ހުކުރު ކުރައްވަމުން ވަޑައިގެންނެވި ބޭފުޅެކެވެ. އަދި އެ މަނިކުފާނަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ހުކުރު ކުރެއްވުމުގެ ހުއްދަ ވެސް އޮންނަ ބޭފުޅެކެވެ. އިމާމުވެ ހުކުރު ކުރެއްވުމާ ދުރަށް ވަޑައިގެންފައި ވަނީ ސިޔާސީ މަސައްކަތުގައި އަވަދި ނެތި އުޅުއްވަން ޖެހި ވަޑައިގަތުމުންނެވެ.މިއީ އަބްދުއްރަހީމް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެންނެވި ފަހުން އިމާމްވެ ހުކުރު ކުރެއްވެވި ފުރަތަމަ ފަހަރެވެ. އުފަން ރަށް ފޮނަދޫގައި އެންމެ ފަހުން އިމާމުވެ ހުކުރު ކުރެއްވެވީ 2014 ވަނަ އަހަރު، ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު ކަމުގައި ހުންނަވައިގެނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް މިއަދު އިމާމްވެ ހުކުރު ކުރެއްވެވި މިސްކިތުގެ އިމާމަކީ އެ މަނިކުފާނާގެ އެއްމާބަނޑު ކޮއްކޯފުޅު އަބްދުލް ކަރީމް އަބްދުالله އެވެ. އަބްދުއްރަހީމާއި އަބްދުލްކަރީމަކީ ގުރުއާންގެ ބޮޑުބައެއް ހިތުދަސް އަދި ރީއްޗަށް ގުރުއާން ކިޔަވާ ވިދާޅުވާ ދެ ބޭފުޅުންނެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ