ކުޑަ އީދު ބަންދަށް އިތުރު ދުވަހެއް ހަމަޖައްސައި ދިގު ޗުއްޓީއެއް

ކުޑަ އީދު ބަންދުގެ ތެރެއަށް އެޕްރީލް 3 ވާ ބުރާސްފަތި ދުވަސް އިތުރުކޮށް އެޕްރީލް 5އާ ހަމައަށް އީދު ޗުއްޓީ ދަމާލައިފި އެވެ. 
ވީ ކިހިނެއް؟ - އެގޮތަށް ރައީސް މުހައްމަދު މުއިއްޒު ނިންމެވިކަން ރައީސް އޮފީހުން މިއަދު ވަނީ އިއުލާންކޮށްފަ އެވެ.
ތަފްސީލް - ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި ރައީސް ނިންމަވާފައި ވަނީ: 
މިހާރު ކަލަންޑަރުގައިވާ ގޮތަށް މި މަހުގެ 31 ވާ ހޯމަ ދުވަހަކީ އީދު ދުވަހަށް ވެއްޖެ ނަމަ މި މަހު 31 އަދި އެޕްރީލް 2،1އާ އެކު އެޕްރީލް 3 ވާ ބުރާސްފަތި ދުވަސް ވެސް އީދުގެ މުނާސަބަތުގައި ބަންދުކުރަން 
މި މަހުގެ 30ވާ އާދީއްތަ ދުވަހަކީ އީދަށް ވެއްޖެ ނަމަ، އީދުގެ ބަންދު ތިން ދުވަސް ކަމަށްވާ މި މަހު 30، 31 އަދި އެޕްރީލް 1 އަށް ފަހު އެޕްރީލް 2 ވާ ބުދަ ދުވަހާއި އެޕްރީލް 3 ވާ ބުރާސްފަތި ދުވަސް ވެސް އީދު ބަންދުގެ ގޮތުގައި ހަމަޖައްސަން ވަނީ ނިންމަވާފައި 
"މިގޮތަށް ހަމަޖެއްސެމުން އީދުގެ ބަންދު ދުވަސްތަކަށް ފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، އަންނަ އެޕްރީލް މަހުގެ 6 ވާ އާދީއްތަ ދުވަހު ކަމުގައި ދަންނަވަން ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،" ރައީސް އޮފީހުން ބުންޏެވެ. 
ބުނީ ކީކޭ؟ - ރައީސް އޮފީހުން ބުނީ އެގޮތަށް ހަމަޖައްސަވަން ރައީސް ނިންމެވީ ކުޑަ އީދުގެ ބަންދާ ގުޅިގެން، އާއިލާއާއެކު ވީހާވެސް ގިނަ ދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ. އަދި މީގެ އިތުރަށް:
މެދުނުކެނޑޭގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަކީ ވެސް ރައީސް އެ ނިންމެވުން ނިންމެވި ސަބަބެއް ކަމަށް ވެސް ރައީސް އޮފީހުން ބުނި
ގުޅުން ހުރި -ރޯދަ މަހުގެ ފަހު 10ގައި އަޅުކަމަށް ސަމާލުކަން ދިނުމަށް މަގުފަހި ކުރުމުގެ ގޮތުން މި މަހުގެ 20 އިން ފެށިގެން ރޯދަ މަސް ނިމެންދެން މިއަހަރު ވެސް ސަރުކާރުގެ އޮފީސްތައް ބަންދުކުރަން ވަނީ ނިންމައިފަ އެވެ. އެ ދުވަސްތަކުގައި ސަރުކާރުގެ އޮފީސްތަކުން ހަމައެކަނި ދޭނީ ޒަރޫރީ ހިދުމަތްތައް އެކަންޏެވެ. 
މީގެ އިތުރަށް މިއަހަރުގެ ސްކޫލް ބޮޑު ޗުއްޓީ ވެސް ދިމާވެފައި ވަނީ ރޯދަ މަހާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ