ގައުމީ އެއާލައިން ދެން ނައްޓާލާނީ ދެކުނު އެފްރިކާއަށް

ގައުމީ އެއާލައިން، މޯލްޑިވިއަނުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުތައް ފުޅާކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ދެން އެންމެ އަވަހަށް ދަތުރުތައް ފަށާނީ ދެކުނު އެފްރިކާއަށް ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
އެނގުން މުހިންމު - ޖެނުއަރީގައި މޯލްޑިވިއަނުން ވަނީ އޭ 330ގެ ބޯޓެއް ގެނެސް ޗައިނާއަށް ދަތުރުތައް ފަށައިފަ އެވެ. ޖުމްލަ 264 މީހުން އުފުލޭ އެ ބޯޓާ އެކު ބައިނަލްއަގުވާމީ މަންޒިލްތަކަށް އެއާލައިންގެ ދަތުރުތައް ފުޅާކުރަން ވަނީ ރާވައިފަ އެވެ.
ތަފްސީލް - މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ އެމްޑީ، އިބްރާހިމް އިލްޔާސް 'ދައުރު'އަށް ވިދާޅުވީ މޯލްޑިވިއަންގެ އާ ބޯޓާ އެކު ދެން އެންމެ އަވަހަށް ދަތުރުތައް ފަށާނީ ދެކުނު އެފްރިކާގެ ޗޮހަނެސްބާގްއަށް ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ: 
އެ ދަތުރުތައް ފަށާނީ މިއަހަރުގެ މެދު ތެރޭގައި 
ފުރަތަމަ ފަށާއިރު ކުރާނީ ހަފްތާއަކު ދަތުރެއް 
"މި ދަތުރުތަކުގެ ސަބަބުން އަޅުގަނޑުމެންގެ އުންމީދަކީ އެ ސަރަހައްދުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރު ކުރެވޭނެ ކަމަށް،" އިލްޔާސް ވިދާޅުވި އެވެ. 
ދެކުނު އެފްރިކާއަކީ މިވަގުތު ނިސްބަތުން ވަރަށް މަދުން ރާއްޖެއަށް ފަތުރުވެރިން އަންނަ މަންޒިލެކެވެ. 
އެނގުން މުހިންމު - މޯލްޑިވިއަންގެ ބޮޑު ބޯޓާ އެކު ޗައިނާގެ ތިން ސިޓީއަކަށް އަންނަނީ ސީދާ ދަތުރުތައް ކުރަމުންނެވެ. އެގޮތުން ބެއިޖިން، ޗެންޑޫ އަދި ޝަންހާއީއަށް މޯލްޑިވިއަން މިހާރު ދަތުރު ކުރެ އެވެ. 
އެ އެއާލައިނުން ރާވާފައި ވަނީ މިއަހަރު ތެރޭ އޭ 330ގެ އިތުރު ބޯޓެއް ގެނެސް ޔޫރަޕްގެ ބައެއް މަންޒިލްތަކަށް ދަތުރުތައް ފެށުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ