ސަރުކާރު ބަންދު ނަމަވެސް މާދަމާ (ފެބްރުއަރީ 6) ގައި ވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ 6 ފެބުރުއަރީ 2025 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް ޕާސްޕޯޓުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ އިދާރާއިން ވަނީ އެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ވަގުތުތައް އިއުލާނުކޮށްފައެވެ.
އެގޮތުން އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް އިމުގާ މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށާއި އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅޭނީ ހެނދުނުގެ 9:00 އިން ފެށިގެން މެންދުރު 1:00 އަށް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އިމިގްރޭޝަނަށް ހާޒިރުވެ އޮންލައިންކޮށް ޕާސްޕޯޓަށް އެދުމުގެ ހިދުމަތް ލިބޭނީ ހަމައެކަނި އެމަޖެންސީ ހާލަތްތަކުގެ އިތުރުން އުމުރުން 65 އަހަރުން މަތީގެ ބޭފުޅުންނަށް ކަމަށެވެ.
އިމިގްރޭޝަނުން ބުނީ ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 8:30 އިން ފެށިގެން 14:00 އާއި ހަމައަށް ކަމަށެވެ.
ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ސަރުކާރުން ހަމަޖައްސާފައިވަނީ މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށުމަށް ރައީސް ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމުމުންނެވެ.
ސަރުކާރު ބަންދު ނަމަވެސް މާދަމާ ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ