ހެޔޮވެރިކަމެއްކުރުމުގެ އަސާސީ ސިފަތަކުގެ ތެރޭގައި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ނިންމުމާއި، ރައްޔިތުންނަށް ޖަވާބުދާރީވުމާއި، މިނިވަން މީޑިއާގެ ވެއްޓެއް ދެމެހެއްޓުމާއި، ޑިމޮކްރެޓިކް އުސޫލުތައް ދެމެހެއްޓުން މުހިންމުކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މަޖިލިހުގެ ނައިބްރައީސް މިހެން ވިދާޅުވީ ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ)ގެ އޭޝިއާ އަދި ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދީ ފުރަތަމަ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކޮންފަރެންސްގައި ތަޤުރީރު ކުރައްވަމުން ނާޒިމް ވަނީ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ވަރުގަދަކޮށް، މިނިވަންކަމާއެކު މަޢުލޫމާތު ބަދަލުކުރުމުގެ މުހިންމުކަމާއި މަޝްވަރާއަށް ފުރުޞަތު ދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެކަމަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވުމަށްވެސް އިލްތިމާސް ކުރައްވަވާފައެވެ.
ނާޡިމް އިތުރަށް ވިދާޅުވީ ސިޔާސީ މައިދާނުގައި އިތުރުވަމުންދާ ޕޮޕިއުލިޒަމާއި، ދޮގު މަޢުލޫމާތު ފެތުރުމާއި، އަދި ޑިމޮކްރެޓިކް އުސޫލުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަންކަމަށެވެ.
މިކަންކަމާ ކުރިމަތިލުމަށް ޖަމާޢަތުގެ ފެންވަރުގައި ފިޔަވަޅު އެޅުމަށް އެމަނިކުފާނު ވަނީ ގޮވާލައްވަވާފައެވެ.
ސީޕީއޭގެ ސަރަޙައްދީ ކޮންފަރެންސަކީ މިސަރަހައްދުގެ ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަންގެ މެމްބަރު ޤައުމުތަކުގެ ޕާލަމެންޓްތަކުގެ މަންދޫބުން އެއްތަނަކަށް އެއްވެ، ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި ޚިޔާލު އެއްގޮތްކޮށް، އެއްބާރުލުން ހަރުދަނާކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ. މި ކޮންފަރެންސްގައި ދުނިޔެއާއި ސަރަޙައްދަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތްތަކާ ބެހޭގޮތުންވަނީ މަޝްވަރާކޮށްފައެވެ.
އިންތިޚާބު ކާމިޔާބު ކުރި ކެންޑިޑޭޓުންނަށް ރައީސް މަރުޙަބާ ދަންނަވައިފި ލަގްޒަރީ ކްރޫޒް ޝިޕްގައި އައްޑޫއަށް އައި ފަތުރުވެރިންނަށް ހޫނުމަރުހަބާއެއް ފުލުހަކަށް ކުޑަކުއްޖަކު ހަމަލާ ދިން މައްސަލައެއް ބަލަނީ ފުވައްމުލަކުގެ ޑުރަގު ނެޓްވޯކުތައް އެއްކޮށްހެން ނައްތ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ