ރަސްދޫގައި ފިހުނު ފިރިހެން މީހާ، އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސްފި
އއ. ރަސްދޫގައި މިދިޔަ މަހުގެ 24 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސްފިއެވެ. އައިޖީއެމްއެޗްއިން ބުނީ އެ ފިރިހެން މީހާ މިދިޔަ އާދިއްތަ ދުވަހު ވެންޓިލޭޓަރުން ނަގައި އައިސީޔޫގައި ބޭއްވުމަށްފަހު އިއްޔެ އެ ހޮސްޕިޓަލުން ޑިސްޗާޖް ކޮށްފައި ވާކަަމަށެވެ. ޑިސްޗާޖް ކުރީ އާއިލާއިން އެދިގެން އޭނާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށެވެ. "ސަން"އަށް މައުލޫމާތު ދެމުން ރަސްދޫ ކައުންސިލުން ބުނީ، ފިރިހެން މީހާ އިތުރު ފަރުވާއަށް އިންޑިއާއަށް އިއްޔެ ގެންގޮސްފައި ވާކަމަށެވެ. އެ އަލިފާނުގެ ހާދިސާގައި ޒަޚަމުވެގެން ފަރުވާ ދިނުމަށް ހާދިސާ ހިނގި ދުވަހު އުމުރުން 31 އަހަރުގެ އެ ދެމަފިރިން މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދޭން ފެށީ ވެންޓިލޭޓަރުގައެވެ. ހާދިސާ ހިނގިތާ ކުޑަ ދުވަސްކޮޅެއް ފަހުން އަންހެން މީހާ ވަނީ ނިޔާވެފައެވެ. އެ ދެމަފިރިންނަށް ފަރުވާ ދިނުމަށް ޓަކައި އިންޑިއާގެ މުމްބާއީ ހޮސްޕިޓަލުގައި މަސައްކަތްކުރާ، އެނދުމާއި، ޕްލާސްޓިކް ސާޖަރީއަށް ޚާއްސަ ޑޮކްޓަރެއް ވެސް ރާއްޖެގެނައެވެ. https://sun.mv/204275 ފާހަގަކޮށްލެވޭ ގޮތުގައި މި ހާދިސާގައި އެ ދެމަފިރިންގެ ފަސް އަހަރުގެ ދަރިފުޅަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ