ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމަށް ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފި

ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމަށް ސްކޮލާޝިޕްގެ ފުރުސަތު އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ އިން ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީ އިން ބުނީ މި ސްކޮލާޝިޕްތަކަކީ ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާއި ގުޅިގެން ހިންގާ "ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް" ދަށުން ހުޅުވާލާ ފުރުސަތުތަކެއް ކަމަށެވެ.
މި ސްކޮލަރޝިޕްތަކުގައި ދަނޑުވެރިކަމުގެ ދާއިރާއިން ބެޗްލާރސް އަދި މާސްޓާސްއަށް ކިޔެވުމުގެ ފުރުސަތުތަކަށް ހުޅުވައިލާފައިވާއިރު މި ސްކޮލަރޝިޕްގެ ދަށުން ބެޗްލަރސް ޑިގްރީއަށް ކިޔެވުމަށް 4 ފުރުޞަތާއި މާސްޓަރސް ޑިގްރީއަށް ކިޔެވުމަށް 1 ފުރުޞަތު ދިނުމަށް ހަމަޖެހިފައިވެއެވެ.
ބެޗްލާސް ޑިގްރީ އިން ހުޅުވާލާފައިވާ ފުރުސަތުތައް:
- އެގްރިކަލްޗަރަލް ސައިންސް
- ވެޓެރިނަރީ/ ޒޫލޮޖީ/ އެނިމަލް ސައިންސް
- އެގްރިކަލްޗާ (ބޮޓަނީ އެންޑް އެންޓޮމޮލޮޖީ)
- ނެޗުރަލް ރިސޯސް މެނޭޖްމަންޓް / ބެޗްލާ އޮފް އިކޮނޮމިކްސް
މާސްޓާސް ޑިގްރީ އިން ހުޅުވާލާފައިވާ ފުރުސަތު:
ސްކޮލާޝިޕް އަށް ކުރިމަތިލުމުގެ ޝަރުތުތައް:
މާސްޓާސް ޑިގްރީ:
- ކޯހުގެ ދާއިރާ އާއި ގުޅުންހުރި ދާއިރާއަކުން ބެޗެލާސް ޑިގްރީ އެއް ހާސިލް ކުރުން.
- ގުޅުންހުރި ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކުރައްވާފައިވުން.
ބެޗްލާސް ޑިގްރީ:
- ޖީ.ސީ.އީ އޯލެވެލްގެ 5 މާއްދާއިން ސީ އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން.
- ޖީ.ސީ.އީ އޭލެވެލްގެ 3 މާއްދާއިން ސީ އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން.
މި ކޯސްތަކަށް އެޕްލައި ކުރުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 20 ވަނަ ދުވަހުގެ 12:00 ކަމަށާއި އެޕްލިކޭޝަން އާއިއެކި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލު ކުރެވޭނެ ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.
މީގެ އިތުރުން އެ މިނިސްޓްރީ އިން ބުނީ އިތުރު މައުލޫމާތު ހޯދުމަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3033484 ފޯނަށް ގުޅުމުން ލިބޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ