ކުރީގެ ޕޮލިސް ކޮމިޝަނަރު ފުލުހަށް ހާޒިރުކުރަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލެއްގެ ކަރާމާތަށް އަރައިގަތް ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު މިއަދު ޕޮލިހަށް ހާޒިރު ވުމަށް އަންގައިފި އެވެ.ކުރީގެ ރައީސް އަބްދުﷲ ޔާމީން ޔާމީން އަބްދުލްގައްޔޫމްގެ ޕާޓީ ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވާ ހުސައިން ވަހީދުގެ އިތުރުން އެ ޕާޓީގެ އިތުރު އެކްޓިވިސްޓެއް ކަމަށްވާ މުހައްމަދު ވަހީދު ވެސް އެ މައްސަލައިގައި ފުލުހަށް ހާޒިރުވުމަށް ވަނީ އަންގައިފައެވެ.ހުސައިން ވަހީދު މިއަދު ހަވީރު 4އަށް ހާޒިރު ކުރާއިރު، މުހައްމަދު ވަހީދު ހާޒިރު ކުރަނީ މިއަދު މެންދުރު 2 ޖަހާއިރު އެވެ. ރައީސް މުއިއްޒުގެ ދަރިކަލުންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދެއްކި މައްސަލައެއްގައި މީގެ ކުރިން އެމްޑީޕީގެ ބައެއް ބޭފުޅުން ވެސް ފުލުހަށް ހާޒިރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި އިސް އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ހިމެނެ އެވެ.އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތުން ސިވިލް ކޯޓަށާއި ފެމިލީ ކޯޓަށް ވަނީ ހުށަހަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ