މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުން މާދަމާ ކަރަންޓު ކަނޑަނީ މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުން މާދަމާ ކަރަންޓު ކަނޑަނީ

ސްޓެލްކޯގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށް މާދަމާ މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސްޓެލްކޯއިން ބުނީ މާދަމާ ހެނދުނު 9:00 އިން ފެށިގެން 4:00 އާ ދޭތެރޭގައި މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށާއި ހުޅުމާލޭގެ އެކި ސަރަހައްދުން ކަރަންޓު ކެނޑޭނެ ކަމަށް ލަފާކުރެވެނީ މާދަމާ ހެނދުނު 10:00 އިން 11:00 އާ ދެމެދު ކަމަށެވެ.
މާލެއިން ކަރަންޓު ކެނޑުމާއި، ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށް ކަރަންޓު ކަނޑަންޖެހުން ވަނީ އިތުރުވެފަ އެވެ.
ޖޫން 1، ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިމެނޭހެން މުޅި މާލެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނެވެ. އެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ބެލުމަށް ފުލުހުން ވަނީ ތަހުގީގު ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ