ހުޅުމާލޭގައި ހުންނަ މަސްދިޖުއް ރަޝީދުގައި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ދަރިކަލުން އިލްޔަސައު މުހައްމަދު ޝަހީމް މި ރަމަޟާން މަހު އިމާމުވެ ތަރާވީހާއި ދަމު ނަމާދު ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ރޭ ބުނީ ހުޅުމާލެ 1 ގައި ހުންނަ ސްދިޖުއް ރަޝީދުގައި، ނަމާދު ކުރައްވާނީ ޝަހީމާއި އޭނާގެ ފިރިހެން ދަރިފުޅު އުމުރުން 13 އަހަރުގެ އިލްޔަސައު މުހައްމަދު ޝަހީމް ކަމަށެވެ.
އިލްޔަސައުއަކީ ޝަހީމްގެ ދަރިކަލުންނެވެ. އިލްޔަސައުއަކީ ވެސް ބައްޕަ ޝަހީމް ފަދައިން ވަރަށް ރީއްޗަށް ގުރުއާން ކިޔަވާ ކުއްޖެކެވެ. މިނިސްޓަރު ޝަހީމަކީ ވެސް ރީތި ރާގަށް ޤުރުއާން ކިޔަވައި ވިދާޅުވާ، އަދި އިމާމުވެ ނަމާދުކުރައްވާ ބޭފުޅެކެވެ. އަދި ޝަހީމްގެ ގުރުއާން ކިޔަވާ ވިދާޅުވާ ރާގަކީ ގިނަ ބަޔަކު ގަޔާވާ، ތައުރީފްކުރާ ކިޔެވުމުގެ ރާގެކެވެ.
އިމާމުވެ ނަމާދުކުރުމުގެ ކުރިން އިލްޔަސައުވަނީ ވަރަށް ގިނަ ޖަލްސާތަކުގައި ވެސް ގުރުއާން ކިޔަވައިދީފައެވެ. ގުރްއާނުގެ އިލްމާ ގުޅުންހުރި އެކި ކަންކަމުގައި އިލްޔަސައު އަންނަނީ ޝަހީމާއެކު ބައިވެރިވަމުންނެވެ.
މި އަހަރު ރަމަޟާން މަހުގައި ގިނަ އަދަދެއްގެ ދިވެހި ޒުވާން އިމާމުން އިމާމުވެ ތަރާވީހާއި ދަމުނަމާދު ކުރާނެއެވެ.
އެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު ދެ މިސްކިތް ކަމުގައިވާ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ވެސް މި ރަމަޟާން މަހު ޒުވާނުން އިމާމުވެ ނަމާދު ކުރާނެއެވެ. އެގޮތުން އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީހު ނަމާދު ކުރުމުގެ ފުރުސަތު ވެސް ޒުވާން ހަތަރު ހާފިޒުންނަށް މި ފަހަރު ވަނީ ދީފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރަމަޟާން މަހު ޒުވާން އިމާމުންނަށް ފުރުސަތު ދީފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމީ ލީޑަރުން އުފެއްދެވުމަށް ކަމަށެވެ.
ބާޒާރުގައި އެންމެ އަގުހެޔޮކޮށް ތަކެތި ލިބެންހުރި ފިހާރަތައް އެނގޭނެ ޕޯޓަލެއް ލޯންޗްކޮށްފި ޤައުމީ މުބާރާތަކީ ހޮވާލެވޭ މަދު ކުދިންގެ މެދުގައި ބޭއްވޭ މުބާރާތަކަށް ހަދަންޖެހޭ-ވަޒީރު އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް މައްކާގައި ތިބި އުމްރާ ވެރިންނާއި ބައްދަލުކު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ