ސުޕްރީމް ކޯޓު ހިންގޭނެ ގޮތެއް ހޯދަން އިބުރާ ހައިކޯޓަށް ސުޕްރީމް ކޯޓު ހިންގޭނެ ގޮތެއް ހޯދަން އިބުރާ ހައިކޯޓަށް

ސުޕްރީމް ކޯޓު ހިންގޭނެ ގޮތެއް ހަދައިދިނުމަށް އެދި ކުރީގެ މަޖިލިސް މެންބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ހައި ކޯޓަށް މައްސަލަ ހުށައަޅުއްވައިފި އެވެ.
މިކަން ހާމަކުރައްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިބުރާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެ ކޯޓުގައި ތަޅުއެޅުވުން ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު މާދަމާ އިއުލާނު ކުރިއަސް، ރައްޔިތުންގެ ހައްގުތައް ގެއްލި، ގާނޫނު އަސާސީގެ ބާރު ދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ.
އިބުރާ މި މައްސަލައިގައި ކޯޓަށް މައްސަލަ ހުށައެޅުއްވިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކުރުމާ ގުޅިގެން ގިނަ ބަޔެއްގެ ކަންބޮޑުވުން އެބަހުއްޓެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑުކުރި ތިން ފަނޑިޔާރުންނަކީ ހުސްނުއްސުއޫދާއި، މަހާޒު އަލީ އާއި އަޒްމިރަލްދާ ޒާހިރެވެ. އެ ތިން ފަނޑިޔާރުން ފުރަތަމަ ސަސްޕެންޑުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެވެ. އެ ފަހުން އެ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ވެސް ޖޭއެސްސީން ވަނީ ބަލަން ފަށާފަ އެވެ.
މި ހުރިހާ ކަމެއް ހިނގީ މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދޭން ގާނޫނު އަސާސީ ބަދަލުކުރި މައްސަލައިގައި ނެރެން އެދުނު ވަގުތީ އަމުރެއްގެ އަޑުއެހުމަށް ކުޑަތަން ވެފައި ވަނިކޮށެވެ. ހަމަ އެ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ބެންޗު ހަތަކުން ފަހަކަށް ކުޑަކުރަން ކޯޓުތަކާ ބެހޭ ގާނޫނު ބަދަލުކުރަން ވެސް ފާސްކުރި އެވެ.
ރައީސް ޑރ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ