ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެމްއެންޕީގެ ފަރާތުން ވެސް ވާދަކުރަނީ

ކ. ގުރައިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރަކަށް ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމާއި ގުޅިގެން، ބާއްވާ އެ ދާއިރާގެ ބައި-އިލެކްޝަން ޕްރައިމަރީ އަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ހުޅުވާލައިފިއެވެ.
އެމްއެންޕީ އިން ބުނީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށް އެޕާޓީގެ ފަރާތުން ކުރިމަތި ލައްވަން ޝައުގުވެރިވާ ޕާޓީގެ މެންބަރުންނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ ބައި އިލެކްޝަންގައި ވާދަކުރަން ބޭނުންފުޅުވާ އެޕާޓީގެ މެމްބަރުން އެކަމަށް އެދޭ ފޯމް ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު، މިމަހުގެ ހަތްވަނަ ދުވަހުގެ މެންދުރު 14:00 ކުރިން އެމްއެންޕީގެ އޮފީހަށް ހުށަހެޅުން އެދޭ ކަމަށް އެމްއެންޕީ އިން ބުންޏެވެ. ނުވަތަ އެމްއެންޕީގެ އީމެއިލް [email protected] އަށް އީމެއިލް ކުރުމުން ވެސް ފޯމު ބަލައިގަންނާނެ ކަމަށް އެޕާޓީން ބުންޏެވެ.
އެމްއެންޕީގެ އިތުރުން އެމްޑީޕީގެ ފަރާތުން ވެސް ޕްރައިމަރީ ބާއްވަން ވަނީ ނިންމައިފައެވެ. އެޕާޓީގެ ޕްރައިމަރީގައި ހަތަރު ކެންޑިޑޭޓަކު ވާދަ ކުރުމަށް ވަނީ ނިންމައިފައެވެ. އެމްޑީޕީގެ ޕްރައިމަރީ އޮތީ މިމަހުގެ 11ވަނަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ބުނީ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ އޭޕްރިލް މަހުގެ 15ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމާފައިވާ ކަމަށެވެ. އެ އިންތިހާބުގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން ފޯމު ބަލައިގަންނަމުން ދާނެ ކަމަށް އީސީ އިން ބުންޏެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އީސީ އިން ނިންމީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އިބްރާހިމް ރިޒާ އަވާހަރަވުމާއި ގުޅިގެންނެވެ. ރިޒާ އަވަހާރަވީ މިދިޔަ 23ވަނަ ދުވަހުއެވެ. އޭނާ އަވަހާރަވީ މެލޭޝިއާގައެވެ. އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ