އިންތިހާބުގައި ރައީސް ޞާލިޙަށް ލިބޭނީ 3 ވަނަ، އެންމެ ކުރީގައި އޮންނާނީ ރައީސް ޔާމީން: ޝަރީފް

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު  ކާމިޔާބު ކުރާނީ ކުރީގެ ރައީސް ޔާމީން ކަމަށާއި އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ލިބޭނީ 3ވަނަ ކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދާމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޝަރީފް މިފަދައިން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް ޞާލިޙަށް ރަސްމީކޮށް ހަވާލު ކުރުމަށް އަލިމަސް ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނީ އެއް ބުރުން ކަމަށް ރައީސް ޞާލިޙް ވިދާޅުވުމާ ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ޝަރީފް ވިދާޅުވީ ބައިބައިވެފައިވާ އެމްޑީޕީއަށް ރައްޔިތުންގެ ތާއީދު ނެތްކަން ރޭގެ ޖަލްސާއަށް މީހުން ގެންނަން ކުރި ހަރަދުން އެކަނިވެސް ސާފުވާނެ ކަމަށެވެ.
“އިންތިހާބުގައި އިބޫއަށް ލިބޭނީ 3 ވަނަ. އެންމެ ކުރީގައި އޮންނާނީ ރައީސް ޔާމީން. ބައިބައިވެފައިވާ އެމްޑީޕީއަށް ރައްޔިތުންގެ ތާއީދު ނެތްކަން ޖަލްސާއަށް މީހުން ގެންނަން ކުރި ހަރަދުން އެކަނިވެސް ސާފުވާނެ”ޝަރީފް ވިދާޅުވިއެވެ.
ރޭގެ ޖަލަސާގައި ވަަހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އެމްޑީޕީގެ އެންމެހައި މެމްބަރުން އެއްވާންވީ ވަގުތު ކަަމަށެވެ. އަދި ރައީސް ވަނީ އެންމެން އެކުގައި ނުކުމެ މި އަހަރުގެ ރިޔާސީ އިންތިޚާބު، އެ މަނިކުފާނު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ