އިތުރު 142 މީހަކު ފުލުހުންގެ ހުވާކޮށްފި

ދިވެހި ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު 142 ފުލުހަކު މަގާމުން ހުވާކޮށްފި އެވެ.
އިސްކަންދަރު ބިލްޑިންގުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ފުލުހުންނަށް ހުވާލައިދެއްވީ އަލްއުސްތާޒު އާދަމް އާރިފެވެ. އެ ރަސްމިއްޔާތުގައި ހުވާކޮށްފައި ވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ޖުމްލަ 142 ފުލުހުކެވެ. އެއީ 53 އަންހެން ފުލުހަކާއި 89 ފިރިހެން ފުލުހެކެވެ.
ހުވާކުރުމަށް ފަހު ފުލުހުން ވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފަ އެވެ.
ފުލުހުން ތަމްރީނު ކުރުމުގެ އާ ބުރެއް ވެސް މި ހަފުތާގައި އައްޑޫ ޕޮލިސް ކޮލެޖްގައި ފަށާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ