ޤާޟީ ފަރުހާދު ސުލޫކީ މިންގަނޑާ ޚިލާފު ނުވާ ކަމަށް ނިންމަވައިފި

ސިވިލް ކޯޓުގެ ޤާޟީ ފަރުހާދު ރަޝީދުއަށް ކުރި ތުހުމަތުތަކާ ގުޅިގެން އޭނާ ސުލޫކީ މިންގަނޑާއި ޚލާފުވެފައި ނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި ތަހުގީގުން ނިންމަވައިފިއެވެ.
ޤާޟީ ފަރުހާދުގެ މައްޗަށް ބަޔަކު ތުހުމަތު ކުރީ، ކޯޓުގެ ބައެއް މައްސަލަތަކުގެ ފައިލް ފަރުހާދު ކޯޓުން ބޭރަށް ގެންދާ ކަމަށެވެ. މި މައްސަލަ އޭސީސީއަށް ވެސް ހުށަހެޅިއެވެ.
ނަމަވެސް ޖޭއެސްސީން މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ އެ ކޮމިޝަނުން އެ މައްސަލަ ބެލިއިރު، ފަރުހާދަށް ކުރާ އެ ތުހުމަތަށް ބާރު ލިބޭ އެއްވެސް ހެއްކެއް އަދި އެފަދަ ހޯދުމެއް ވެސް ހޯދިފައި ނުވާ ކަމަށެވެ. އެއީ ސައްޙަ ޝަކުވާއެއް ކަމަށް ނުވާތީ އެ މައްސަލަ ބަލާނެ ތަނެއް ނެތް ކަމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ހާމަކުރެއްވިއެވެ.
ފަރުހާދަކީ މިދިޔަ ފަސް އަހަރަށް ބަލާއިރު، ސިވިލް ކޯޓުގައި ކޮންމެ އަހަރަކު ވެސް އެންމެ ގިނަ މައްސަލަތައް ނިންމެވި ފަނޑިޔާރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ