ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް ބާއްވާ ހުރިހާ ކޮޓަރިތަކެއް ތަޅުލައި ބަންދުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކުރުމާ އެކު މަޖިލީހުގައި އުފެދިގެން ދިޔަ ހަމަނުޖެހުންތަކުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަވެސް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފއިވާއިރު ސަރުކާރުގެ މައި ޕާޓީ އެމްޑީޕީންވަނީ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
އެހެންނަމަވެސް މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ ދާއިމީ ކޮމިޓީތައް އެކުލެވިފައި ނުވާތީ ކުރިއަށް ނުގެންދެވޭނެކަމަށް ވަނީ ނިންމާފައެވެ. އަދި މަޖިލީހުގެ އަމީން އާންމު ފާތުމަތު ނިޔުޝާ ވިދާޅުވީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން އެ ދެ ބޭފުޅުން ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވެވަޑައިގެންފައިވާ ކަމަށެވެ.
މަޖިލީހުގައި އުފެދުނު ހަމަނުޖެހުންތަކާ އެކު ކޮމިޓީތައް ބާއްވާ ހުރިހާ ކޮޓަރިތަކެއްގައި ތަޅުލާފައިވާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ކޮޓަރިތައް ތަޅުލާފައި ހުންނަ ސަބަބާ ބެހޭ ގޮތުން މަޖިލީހުގެ އިދާރާއިން ބުނީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކޮމިޓީ ބައްދަލުވުން ބާއްވާ ކޮޓަރިތަކުގައި މުހިއްމު ލިޔެކިޔުންތައް ހުންނާތީ، ކޮޓަރިތަކުގައި މަސައްކަތެއް ކުރިއަށް ނުދާ ހުރިހާ ވަގުތުތަކެއްގައި ވެސް އެ ކޮޓަރިތަކަކީ ތަޅުލާފައި ހުންނަ ކޮޓަރިތަކެއް ކަމަށެވެ.
ދަރިމައިނުވުމުގެ މައްސަލަތަކަށް އާސަންދައިގެ ދަށުން ފަރުވާދޭން އެދެނީ ގުރައިދޫ ދާއިރާގެ މެންބަރު ރިޒާގެ ވަކިވުން، މުޅި މަޖިލީހަށްވެސް ހިތާމަވެރި ދުވަހެއް “އިންޑިއާ އައުޓް” ކެމްޕެއިން ހުއްޓުވުމަށް ޖަލު އަދަބު ދެވޭ ބިލެއް އެކުލަވާލަނީ އެލްޖީއޭގެ ބޯޑަށް އައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ