ސޯޝަލް މީޑިއާގައި ފިރިމީހާ ގާތުން ވަރިވިކަން އިއުލާނުކުރި ދުބާއީގެ ޕްރިންސަންސް އާ ބައިވެރިއަކު ހޯދައިފި

ސޯޝަލް މީޑިއާގައި ވަރަށް ފާޅުކަން ބޮޑު ގޮތަކަށް ފިރިމީހާ ގާތުން ވަރިވިކަން އިއުލާނުކުރި ދުބާއީގެ ޝާހީ ޕްރިންސަސް ޝައިޚާ މަހްރާ ބިންތި މުޙައްމަދު އަލް މަކްތޫމް އާ ބައިވެރިއަކު ހޯދުމަށްފަހު ބައިވެރިޔާއާ އެންޖޭޖްވެފައިވާކަން އިއުލާނުކޮށްފިއެވެ. ކުރީގެ ފިރިމީހާ ޝައިހް މާނާ ބިން މުޙައްމަދު އަލް މަކަތޫމް ވަރިކުރިކަން ސޯޝަލް މީޑިއާގައި އިއުލާނު ކުރުމާއެކު ވަރަށް ގިނަ ބައެއްގެ ސަމާލުކަން ޕްރިންސަސް ޝައިހާ މަހްރާއަށް ވަނީ ލިބިފައެވެ. ފިރިމީހާ ގާތުން ވަރިވިތީ ގާތްގަނޑަކަށް އަހަރެއްވީފަހުން ޕްރިންސަން ޝައިހާ މާހްރާ އެންގޭޖްވެފައި ވަނީ މޮރޮކޯއަށް ނިސްބަތްވާ އެމެރިކަން ރެޕް ލަވަ ކިޔުންތެރިއެއްކަމަށްވާ ފްރެންޗް މޮންޓާނާއެވެ. ޕްރިންސަން ޝައިހާ މާހްރާ ކުރީގެ ފިރިމީހާ ޝައިހް މާނާ ބިން މުޙައްމަދު އަލް މަކަތޫމްއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް އެންގޭޖްވިކަން އިއުލާނުކޮށް ޕްރިންސަން ޝައިހާ މާހްރާ ވަނީ އިނގިލީގައި އަޅާފައިވާ އަގުބޮޑު ޖަވާހިރު އަނގޮޓީގެ ފޮޓޯއެއް ރަސްމީ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައެވެ. ޓައިމްސް މެގަޒިންގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން އުމުރުން 40 އަހަރުގެ ރެޕާ ފްރެންޗް މޮންޓާނާ އާއި ޕްރިންސަން ޝައިހާ މާހްރާގެ ލޯބީގެ ގުޅުން ރަސްމީކޮށް އިއުލާނުކޮށްފައި ވަނީ މި އަހަރުގެ ޖޫން މަހުގެތެރޭ ޕެރިހުގައި ބޭއްވި ފެޝަން ވީކް ޝޯގެ ތެރޭގައެވެ. ރިޕޯޓުތައް ބުނާގޮތުން މި އެންގޭޖްމެންޓް ރަސްމިއްޔާތު ވެސް ކުރިއަށް ގޮސްފައި ވަނީ ޕެރިހުގައި ކުރިއަށްދިޔަ ހައި ޕްރޮފައިލް ފެޝަން ވީކް ތެރޭގައެވެ. ނަމަވެސް މިހާތަނަށް ދެ ފަރާތުން ވެސް އެކަން ސިއްރުކޮށްފައި އޮތުމުން މާ ގިނަ ބަޔަކަށް އެކަން ނޭނގޭ ކަމަށް ޓައިމްސްގައިވާ ރިޕޯޓެއްގައި ބުނެފައިވެއެވެ. ޕްރިންސަން ޝައިހާ މާހްރާ އެންގޭޖްވި ޚަބަރު ރަސްމީކޮށް އިއުލާނު ކުރުމުގެ ކުރިން ރެޕާ ފްރެންޗް މޮންޓާނާއާ އެކު ދުބާއީ އަދި މޮރޮކޯގެ އަގުބޮޑު ރެސްޓޯރެންޓުތަކުން ވެސް ވަނީ ފެނިފައެވެ. މީގެއިތުރުން ދެ ޤައުމުގެ މަޝްހޫރު މިސްކިތްތަކަށް އެކީގައި ޒިޔާރަތްކުރި މަންޒަރުތައް ވެސް މީޑިއާ ރިޕޯޓަރުންނަށް ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަސްލު ނަމަކަށް ކަރީމް ހަރުބޯޗު ކިޔާ ރެޕާ މޮންޓާނާ ވަނީ މީގެކުރިން ކައިވެންޏެއް ކޮށްފައެވެ. އެ ކައިވެންޏަށް ފިރިހެން ކުއްޖަކު ލިބިފައިވާއިރު މިހާރު އެ ކުއްޖާގެ އުމުރަކީ 16 އަހަރެވެ. މޮންޓާނާގެ ކުރީގެ ލޯބިވެރިންގެތެރޭ މަޝްހޫރު ރިއަލިޓީ ޝޯ "ކީޕިންގް އަޕް ވިތު ކާޑޭޝިއަންސް"ގެ މެމްބަރު ކްލޯ ކާޑޭޝިއަން އަދި އޮސްޓްރޭލިއާގެ ކުރީގެ އަންހެން ރެޕާ އިގީ އަޒޭލިއާގެ އިތުރުން އެމެރިކަން ރެޕާ ރޫބީ ރޯޒް ހިމެނެއެވެ. ޕްރިންސަން ޝައިހާ މާހްރާ ކުރީގެ ފިރިމީހާ ގާތުން ވަރިވެފައި ވަނީ އެހެން އަންހެނުންނާ އެކު ގުޅުން ބާއްވާކަމަށް ތުހުމަތުކޮށްފައެވެ. މި ވަރި އިއުލާނުކުރިތާ މާގިނަ ދުވަސްތަކެއް ނުވެ ޕްރިންސަން ޝައިހާ މާހްރާ ވަނީ "ޑިވޯސް"ގެ ނަމުގައި ސެންޓެއްވެސް އުފައްދައި ބާޒާރަށް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ