މިއުނިކް (އޮގަސްޓް 23) - ޖަރުމަނު ލީގުގެ އާ ސީޒަނުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ކުޅުނު މެޗުގައި ހެރީ ކޭންގެ ހެޓްރިކާ އެކު، 6-0 އިން އާރްބީ ލައިޕްޒިގު ބަލިކޮށް ވަރުގަދަކޮށް ފަށައިފި އެވެ.
ބަޔާނުން މި މެޗުގައި ބޮޑު ފަރަގަކުން މޮޅުވި ކަމުގައި ވިޔަސް އެ ޓީމުން ފުރަަތަމަ ގޯލު ޖެހުނީ 27 ވަނަ މިނިޓްގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ، މައިކަލް އޮލީސޭ އެވެ. އޭގެ ފަސް މިނިޓް ފަހުން، ލުއިސް ޑިއާޒް ވަނީ ލީގުގައި އޭނާ ބަޔާންގެ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗުގައި ގޯލެއް ޖަހައިފަ އެވެ. އަދި، ފުރަތަމަ ހާފު ނިމުމުގެ ކުރިން، ބަޔާނުގެ ތިން ވަނަ ލަނޑު ޖެހީ ވެސް މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ފްރާންސްގެ ތަރި، އޮލީސޭ އެވެ. އޭނާ މި ލަނޑު ޖެހީ، ސާޖް ގްނަބްރީ ދިން ބޯޅައަކުންނެވެ. ޑިއާޒްގެ ގޯލަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ގްނަބްރީ އެވެ.
ދެ ވަނަ ހާފުގައި ބަޔާންގެ ތިން ގޯލު ޖަހައި، ކޭން ވަނީ ސީޒަނުގެ ފުރަތަމަ ހެޓްރިކް ހަދައިފަ އެވެ. ކޭން ޖެހި ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ، މި ފަހަރުގެ ޓްރާންސްފާގައި ލިވަޕޫލް ދޫކޮށް ބަޔާނަށް ބަދަލުވި ޑިއާޒް އެވެ. އަދި، ކޭންގެ އަނެއް ގޯލު ޖަހަން ބޯޅަ ފޯރުކޮށްދިނީ، ދެކުނު ކޮރެއާގެ ޑިފެންޑަރު ކިމް މިން ޖައޭ އެެވެ.
މިއީ ބަޔާނަށް މީގެ ދެ އަހަރު ކުރިން ބަދަލުވި ކޭން، 32، ޖަރުމަނު ލީގުގައި ހެދި އަށް ވަނަ ހެޓްރިކް އެވެ. ކޭން ވަނީ ބަޔާނަށް 92 މެޗުން 88 ގޯލު ޖަހައިދީފަ އެވެ.
ކޭންގެ ހެޓްރިކާ އެކު ޗެމްޕިއަން ބަޔާނަށް ވަރުގަދަ ފެށުމެއް ކޭންގެ ހެޓްރިކާ އެކު ޗެމްޕިއަން ބަޔާނަށް ވަރުގަދަ ފެށުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ