ސްކޮލާޝިޕެއްގެ ދަށުން ޖަޕާނުގައި މާސްޓާސް ހަދަމުންދަނިކޮށް ފޮރިން މިނިސްޓްރީގެ މުވައްޒަފަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ބ. ތުޅާދޫ، ކާނިމާގެ، ލުޖައިނާ ތަސްނީމާ، 29، އެވެ. ލުޖައިނާ ނިޔާވެފައިވަނީ ކޯސް ފުރިހަމަކުރުމަށްފަހު އަންނަ މަހު ރާއްޖެ އައުމަށް ތައްޔާރުވަމުން ދަނިކޮށެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ އެ މިނިސްޓްރީއާ 2022 ވަނަ އަހަރު ގުޅުނު ލުޖައިނާ އަކީ އެންމެންނާވެސް ގުޅޭ ހީވާގި މުވައްޒަފެއް ކަމަށާއި ނަމޫނާ މުވައްޒަފެއް ކަމަށެވެ.
ފޮރިން މިިސްޓްރީން ބުނީ މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާއަށާއި ރަހުމަތްތެރިންނަށް ތައުޒިޔާ ވިދާޅުވާ ކަމަށާއި މަރުހޫމާއަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކޮށްދެއްދުން އެދި ދުއާ ކުރާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ލުޖައިނާ ނިޔާވެފައި އޮއްވާ ފެނިފައިވަނީ އާއިލާއަށް ވެސް އޭނާއާ ނުގުޅޭތާ ދެ ދުވަސް ފަހުން އޭނާ ދިރިއުޅޭ ކޮޓަރީގައި ހަބަރު ހުސްވެފައި އޮއްވައެވެ.
ލުޖައިނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މާސްޓާސް ހަދަމުންދަނިކޮށް ފޮރިން މިނިސްޓްރީގެ މުވައްޒަފަކު ޖަޕާނުގައި ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ