މި އަހަރު އެންމެ ގިނައިން ދަރިން ލިބުނީ 30 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެނުންނަށް މި އަހަރު އެންމެ ގިނައިން ދަރިން ލިބުނީ 30 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެނުންނަށް

މި އަހަރުގެ މިހާތަނަށް ރާއްޖޭގައި އެންމެ ގިނައިން ދަރިން ލިބުނީ އުމުރުން 30 އަހަރާއި 34 އަހަރުގެ އަންހެނުންނަށް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމު ކުރި ހިސާބުތަކަށް ބަލާއިރު އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ 444 އަންހެނަކަށް ވަނީ ދަރިން ލިބިފަ އެވެ. އެންމެ ގިނައިން ވިހެއީ އެ އޭޖް ގްރޫޕުގެ އަންހެނުންނެވެ.
ދެން އެންމެ ގިނައިން ކުދިން ލިބުނީ އުމުރުން 25 އަހަރާއި 29 އަހަރާ ދެމެދުގެ މީހުންނަށެވެ. އެ އޭޖް ގްރޫޕުގެ 394 މީހަކު ދަރިން ހޯދި އެވެ. ތިން ވަނައަށް އެންމެ ގިނައިން ދަރިން ހޯދީ 35 އަހަރާއި 39 އަހަރާ ދެމެދުގެ އަންހެނުންނެވެ. އެ އޭޖް ގްރޫޕުގެ 296 މީހަކަށް ދަރިން ލިބުނެވެ.
އުމުރުން 20 އަހަރާއި 24 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން ދަރިން ހޯދީ 205 މީހުންނެވެ. އަދި 18 އަހަރާއި 19 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން ދަރިން ހޯދީ 13 މީހުންނެވެ. ހިސާބުތަކުން ދައްކާ ގޮތުގައި އުމުރުން 15 އަހަރާ 17 އަހަރާ ދެމެދުގެ ކުޑަކުދިންގެ ތެރެއިން ވެސް ތިން ކުއްޖަކު ދަރިން ހޯދި އެވެ.
ހިސާބުތަކުން ދައްކާ ގޮތުގައި 40 އަހަރާއި 44 އަހަރާ ދެމެދުގެ 68 އަންހެނުން ވެސް މި އަހަރުގެ ތެރޭގައި ދަރިން ހޯދި އެވެ. އަދި 45 އަހަރާއި 49 އަހަރާ ދެމެދުގެ ވެސް ހަތަރު އަންހެނަކު ވިހެ އެވެ.
އެ ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ދަރިން ހޯދާ އުމުރު ބޮޑުވަމުން އަންނަ ކަމަށް ފާހަގަ ކުރެވެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އުމުރުން 30 އަހަރުވުމުން އަންހެނުންގެ ފާޓިލިޓީ ރޭޑު މަޑުމަޑުން ދަށްވާން ފަށަ އެވެ. އަދި 35 އަހަރާއި 37 އަހަރާ ދެމެދުގައި ފާޓިލިޓީ ރޭޓު އިތުރަށް ދަށްވާން ފަށަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ