14 އަތޮޅެއްގައި ސަރުކާރުން ޕަބްލިކް ވޯކްސް ޔުނިޓު ގާއިމުކުރަނީ 14 އަތޮޅެއްގައި ސަރުކާރުން ޕަބްލިކް ވޯކްސް ޔުނިޓު ގާއިމުކުރަނީ

ޕަބްލިސް ވޯކްސް ގެ ހިދުމަތް ނުދޭ 14 އަތޮޅެއްގައި ޔުނިޓުތައް ގާއިމުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ލޯކަލް ގަވަމަންޓު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕަބްލިކް ވޯކްސް ހިދުމަތް ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާތީ ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.
ޕަބްލިކް ވޯކްސް ނުވަތަ އާންމު ހިދުމަތްދޭ ޔުނިޓުތަކުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ރަށްރަށުގެ މަގުތައް މަރާމާތުކުރުމާއި އައު މަގުތައް ހެދުމަށް ބޭނުންވާ ބިން ސާފުކުރުން އަދި މަގުތައް ބެލެހެއްޓުމުގެ އެންމެހާ ކަންކަމާއި އެހެނިހެން އާންމު ހިދުމަތްތައް ހިމެނެ އެވެ.
މި ނިންމުމުގެ ދަށުން ޕަބްލިކް ވޯކްސް ޔުނިޓުތައް ގާއިމުކުރާނީ ކޮންމެ އަތޮޅެއްގެ ވެސް ވެރިކަން ކުރާ ރަށުގަ އެވެ. އެ 14 ރަށަކީ ހއ. ދިއްދޫ، ށ. ފުނަދޫ، ނ. މަނަދޫ، ބ. އޭދަފުށި، ޅ. އޭދަފުށި، ކ. ތުލުސްދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ގއ. ވިލިނގިލި އެވެ.
ސަރުކާރުގެ މި ނިންމުމާއެކު މި 14 ރަށުގެ އިތުރު އެތައް ވަޒީފާއެއް އުފެދިގެންދާނެ އެވެ. ވަޒީފާއަށް މީހުން ހޯދުމާއި ވަސީލަތްތައް ހޯދުމުގެ އިދާރީ ހުރިހާ މަސައްކަތެއް ކުރާނީ ލޯކަލް ގަވަމަންޓް މިނިސްޓްރީން ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.
އިއުލާން ހިއްސާކޮށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަފީރު އެކްސްގައި ވިދާޅުވެފައިވަނީ މި ޔުނިޓުތައް ހިންގާނީ މިހާރު ވެސް އުފެދިފައި ހުރި ޔުނިޓުތަކެކޭ އެއްގޮތަށް ލޯކަލް ކައުންސިލްތަކާ ގުޅިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ