ކަނޑުއަޑީގެ އެންމެ ބޮޑު ޕެނަލް ޑިސްކަޝަނާއެކު، އުރީދޫ އިން ދުނިޔޭގެ ރެކޯޑެއް ހަދައިފިއެވެ.
މިދިޔަ މެއި މަހު ބޭއްވި ކަނޑުއަޑީގެ އެންމެ ބޮޑު ޕެނަލް ޑިސްކަޝަނާއެކު، ގިނިސް ވޯލްޑް ރިކޯޑް ފޮތުން ހޯދި ޖާގައާއި ގުޅޭގޮތުން އުރީދޫން ބުނީ މިއީ ހަމައެކަނި ވޯލްޑް ރިކޯޑެއް ނޫންކަމަށާއި މި ރިކޯޑުން ދައްކުވައިދެނީ އުރީދޫ ނެޓްވޯކްގެ ވަރުގަދަކަން ކަމަށެވެ.
ބ. އަތޮޅު ފުޅަދޫގައި ފަސް މީޓަރު އަޑީގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ފިޝަރިޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި, އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ އާއި ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމް ބައިވެރިވެވަޑައިގަތެވެ. އަދި އުރީދޫގެ ޓްރާންސްމިޝަން ޓީމުގެ ފަރާތުން ޝަބީން އަލީ އާއި އަފްޝީން މުހައްމަދު މި ޕެނަލް ޑިސްކަޝަން ގައި ބައިވެރިވިއެވެ.
މި ޕެނަލް ޑިސްކަޝަން ކުރިއަށް ގެންދިޔައީ މިކަމަށް ޚާއްސަ، ފެނުން ރައްކާތެރިކޮށްފައިވާ ކޮމިއުނިކޭޝަން ގިޔަރ އެއް އަޅުވައިގެންނެވެ. މި ގިޔަރ ގެ ސަބަބުން ޕެނަލިސްޓުންނަށް ވާހަކަދެއްކުމުގެ ފުރުސަތު ލިބުނެވެ.
5 މީޓަރު އަޑީގައި ތިބެ ކޮންމެ ބައިވެރިއަކު 2 މިނެޓެއްހާ އިރު ވާހަކަ ދައްކަމުން ދިޔަ އިރު, އެމީހުން ދައްކަމުން ދިޔަ ވާހަކަ ކަނޑުއަޑިއަށް ހާއްސަ ހެޑްސެޓެއްގެ އެހީގައި ޓްރާންސްމިޓް ކުރަމުން ދިޔަ އިރު މާލެ އާއި ގަތަރު އަދި މުޅި ދުނިޔެއަށް އެ އަޑުތައް ލިބެމުން ދިޔައެވެ.
އުރީދޫން ބުނީ, އެ ހަރަކާތުގައި ބައިވެރިން ވާހަކަ ދައްކަމުން ދިޔަ އިރު އެންމެ ހިނދު ކޮޅަކަށް ވެސް އަދި އެންމެ ބަހެއްވެސް ސާފު ނުވެ ނުވަތަ މެދުކެނޑިގެން ގޮސްފައި ނުވާ ކަމަށެވެ.
މި ޕެނަލް ޑިސްކަޝަނާ ގުޅިގެން ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ޚާލިދު ވިދާޅުވީ، މިއީ ހަމައެކަނި ރިކޯޑެއްކަމުގައި ނުދެކޭކަމަށެވެ.
“އަޑާއި ވީޑިއޯ ފެންނަ ގޮތަށް ކަނޑުއަޑީގައި ކުރިއަށް ގެންދިޔަ މި ޕެނަލް ޑިސްކަޝަންއިން ހާމަވީ އުރީދޫ ނެޓްވޯކުގެ ވަރުގަދަކަން،” އޭނާ ވިދާޅުވިއެވެ.
އުރީދޫން އިތުރަށް ބުނީ, މި ހާއްސަ ޑިސްކަޝަނަށް ބޭނުން ކުރި ޓެކްނޮލޮޖީއަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ކަމަށާއި އެންމެ ނާޒުކު އަދި އެންމެ އުނދަގޫ މާހައުލުތަކުގައި ވެސް ގުޅުންތައް ގާއިމު ކޮށްދެވޭނެކަމުގެ ހެއްކެއް ކަމަށެވެ. އަދި މި ކާމިޔާބީން ދައްކުވައިދެނީ ޑިޖިޓަލް ދުނިޔޭގައި އުރީދޫ އަދާކުރާ ދައުރުކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫ ނޭޝަން އިން ބޭއްވި އިންޓަރ ކޮލެޖު އީސްޕޯޓްސް ޗެމްޕިއަންޝިޕް ނިންމާލައިފި އުރީދޫ އެޕުން 50 ރުފިޔާ ރިޗާޖުކޮށްގެން ސެމްސަންގް އެސް 25 އަލްޓްރާއެއް ހޯދުމުގެ ފުރުސަތު އުރީދޫ ފަން ރަން 2025 – އައްޑޫ ސިޓީ އަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އޭއައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ