ހުޅުމާލެ ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުން އިއްޔެ ހަވީރުގެ ވަގުތެއްގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ފިރިހެނެއްކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، އެއީ ފިރިހެނެއްގެ ހަށިގަނޑުކަން ޔަގީންކުރެވިފައިވާކަމަށާއި، ނަމަވެސް އެއީ ކާކުކަން އަދި މިހާތަނަށް ފާހަގަކުރެވިފައިނުވާކަމަށެވެ. އެއީ ކާކުކަން މިހާތަނަށް ކަށަވަރުނުވިނަމަވެސް، އެމީހަކީ މިމަހުގެ 21 ވަނަ ދުވަހުގެ ރެއިން ފެށިގެން ހޯދަމުން އަންނަ ބިދޭސީ މީހާކަމަށް ބެލެވިދާނެ ބައެއް ކަންކަން ތަހްގީގުގައި ހޯދިފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެމީހާގެ އައިޑެންޓިޓީ ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަކަމަށެވެ.
ވޯޓާ ޕާކް ތީމް ސަރަހައްދުން ފެނުނު އެމީހާގެ ހަށިގަނޑު އޮތީ ވަރަށްބޮޑަށް ކުނިވެފައެވެ. އަދި އެ ހިސާބުގައި ވަރަށް ގަދައަށް ވަސްހުރިކަމަށް އެވަގުތު އެ ސަރަހައްދަށް ދިއަ ވޮއިސްގެ ނޫސްވެރިން ވަނީ ބުނެފައެވެ.
މަރުވެފައި އޮއްވާ ފެނުނީ ފިރިހެނެއް. ކާކުކަން އަދި ކަށަވަރުނުވޭ: ފޮލިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ