ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް ހަމްދޫން ހަމީދު އައްޔަނުކޮށްފި ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް ހަމްދޫން ހަމީދު އައްޔަނުކޮށްފި

ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރުގެ އެޑްވައިޒަރަކަށް ކުރިން ސަރުކާރުތަކުގައި އިސް މަގާމުތަކެއް އަދާކުރައްވާފައިވާ އަދި ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ބޮޑުބޭބެ ވިދާޅުވާ ހަމްދޫން އަބްދުﷲ ހަމީދު އައްޔަނުކޮށްފި އެވެ.
ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަދަދު އަށް ވިދާޅުވީ ހަމްދޫން ހަމީދު އައްޔަނުކުރީ ޕްލޭނިން މިނިސްޓްރީއާ ގުޅޭ ކަންކަމުގައި ޒަމީރަށް ލަފާދެއްވުމަށް ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭން ތަންފީޒު ކުރެއްވުމަށްޓަކައި ހަމްދޫން ހަމީދު މަސައްކަތް ކުރައްވާނެ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މިކަމާ ގުޅޭގޮތުން ރައީސް އޮފީހުން މިހާތަނަށް ބަހެއް ލިބިފައެއް ނުވެ އެވެ. އަދި ރައީސް އޮފީހުގެ ވެބްސައިޓުން ވެސް ހަމްދޫންގެ ނަން ފެންނާކަށް ނެތެވެ.
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރުކަން ކުރިން ކުރެއްވި ހަމްދޫން ހަމީދު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޕްލޭނިން މިނިސްޓަރުގެ މަގާމު ފުރުއްވާފަ އެވެ. މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެ އިން ސިންގަޕޫރަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރަކަށް ވެސް ހަމްދޫން ހުންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ