ލިޔެލާ ޖެހުން ހިމެނޭހެން އަށް ދާއިރާއަކުން ގައުމީ މިންގަނޑުތަކެއް ތައްޔާރުކުރަނީ

ލިޔެލާ ޖެހުން ހިމެނޭ ގޮތަށް އަށް ދާއިރާއަކުން ނޭޝަނަލް އޮކިއުޕޭޝަނަލް ކޮމްޕިޓެންސީ މިންގަނޑު ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން މިއަދު އިއުލާނުކޮށްފިއެވެ. އެ އޮތޯރިޓީން މިންގަނޑު ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކުރީ ފޭލި ވިޔުމާއި ކަސަބު ގެތުމާއި ލިޔެޔާ ޖެހުމާއި މާވަޑިކަމާއި ސާންތި ލިޔުމާއި ތުނޑު ކުނާ ލިޔުމާއި ތިލޭރުކަމުގެ އިތުރައި ފަނާއި ރުކުފައްޗާއި ސަތާއިން ތަކެތި ލިޔުމުގެ ދާއިރާއިންނެވެ. އެގޮތުން، އެކަން ކުރަނީ އެ މަސައްކަތްތަކަކީ ޒަމާނުއްސުރެ ދިވެހިން ކުރަމުން އައި މަސައްކަތްތަކެއް ނެތިދިޔަ ނުދިނުމަށާއި އެ ދާއިރާތަކުން ފަންނީ ހުނަރުވެރި ދިވެހީންތަކެއް ބިނާކުރުމަށް ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ. އެ ދާއިރާތަކަށް މިންގަނޑު ތައްޔާރުކޮށްދިނުމަށް އޮތޯރިޓީން މީހުން ހޯދަނީ ކޮންމެ ދާއިރާއަކަށް ވަކިންނެވެ. އެގޮތުން، އެކަމަށް ޝައުގުވެރިވާ މީހުންނަށް އަންނަ މަހުގެ 13 ވަނަ ދުވަހުގެ 12:30ގެ ކުރިން އުމަރު ޒާހިރު އޮފީހުގެ ފަސްވަނަ ފަންގިފިލާއަށް ބީލަން ހުށަހެޅޭނެއެވެ. އެކަމަކު، އޭގެ ކުރިން އެކަމާ ގުޅޭ މައުލޫމާތު ސާފުކުރަން ޖެހޭނެ ކަމަށާއި ބީލަމުގައި ބައިވެރިވެވޭނީ ހަމައެކަނި އެ މީހުންނަށް ކަމަށް އޮތޯރިޓީން ބުނެއެވެ. މައުލޫމާތު ސާފުކުރުމަށް އުމަރު ޒާހިރު އޮފީހުގެ ފަސްވަނަ ފަންގިފިލައަށް ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 10ވަނަ ދުވަހުގެ 13:00ގެ ކުރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ