އަހުރެމެން ކޮންމެ މީހަކުވެސް އެތައް ބައިވަރު ކަމަކަށް އެދި ކޮންމެ ދުވަހަކުހެން މިގެންދަނީ ދުޢާކުރަމުންނެވެ. ބައެއް ދުޢާ ވަޤުތުންވެސް ޢިޖާބަ ކުރައްވަވައެވެ. ބައެއް ދުޢާ ލަހުންވެސް ޢިޖާބަ ކުރައްވަވައެވެ. އަހުރެންގެ ސުވާލަކީ އެކަމުން އަހުރެމެންނަށް އެއްވެސް ފިލާވަޅެއް ލިބިގަނެވޭ ހެއްޔެވެ؟ ޝުކުރުވެރިވެވޭ ހެއްޔެވެ؟
ދެން މިވާހަކަ އަޑުއަހާށެވެ! ކިޔައިދިނުމުގެ ކުރިން ސުވާލެއް ކުރާނަމެވެ. ޢޭނާ ކަލަކު ވޮޑިގެންވާކަން ޤަބޫލުނުކުރާނަމަ އެހައި ބޮޑުކަމެއް ޖެހުމުން ފުރަތަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދިގެން ދުޢާކުރީ ކީއްވެގެން ހެއްޔެވެ؟ ވޮޑިގެންނުވާ ފަރާތަކުން ވާގިއެދުނީ ކީއްވެގެން ހެއްޔެވެ؟ އެކަމުން އަހުރެންނަށް ޔަޤީންކުރެވެނީ ކަލަކު ވޮޑިގެންވާކަން ޤަބޫލުނުކުރާ ކަމަށް ބުނެ އެހަދަނީ ބޮޑު ދޮގެއްކަމެވެ.
ﷲ ތަޢާލާ ވޮޑިގެންވާ ކަމުގެ ހެކިތައް އެންމެންނަށްވެސް ދައްކަވަތެވެ. އެކިމީހުންނަށް އެކި ގޮތަށެވެ. އެކި މިންވަރަށެވެ. އެއްބައެއްގެ ވިސްނުން ކޮށިކަމުން ބަލައިގަންނަން ނުއެނގެނީއެވެ. އަނެއް ބައަކު ބުއްދީގެ ބޭނުންކޮށް ބަލައިގަންނަނީއެވެ. މިކިޔައިދެނީ ބަލައިގަތް އަންހެނެއްގެ ވާހަކައެވެ.
އޭނާބުނެފައިވަނީ އޭނާގެ އުމުރުން 21 އަހަރުވަންދެން ދިރިއުޅެމުން އައީ ކަލަކުވޮޑިގެންވާކަން ޤަބޫލުނުކުރާ މީހެއްގެ ގޮތުގައި ކަމަށެވެ.
އޭނާ އުޅޭގޭގައި ޖިންނީގެ އުނދަގޫތަކެއް ފޯރަމުންދިއައެވެ. ނަމަވެސް އޭނާއަކަށް އެކަން ޤަބޫލެއް ނުކުރެވެއެވެ. ޤަބޫލުކުރެވޭ ހިސާބަށް ކަންކަން ދިއައީ ގޭގެ ބޮކި ނިއްވާ/ދިއްލައި ހެދުމުގެ އިތުރުން ނިދާ ކޮޓަރީގެ ބޮރުގައި ބޭރުންޖެހިގަތުމުންނެވެ.
އެވަގުތު އޭނާއަށް ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހުނެވެ. އެހީތެރިވެދެވިދާނެފަރާތަކާއިމެދު ސުވާލުކުރވުނެވެ. އަދި މަދަދަށް އެދި ދެންނެވީ ﷲ ތަޢާލާއަށެވެ. އެހިސާބުން އޭނާކުރި ދުޢާ ޢިޖާބެކުރެއްވެވިތަން ފެނިގެން ދިއައެވެ.
ކޮންމެއަކަސް މިއަދު އޭނާއަކީ "އުފަން މުސްލިމަކަށްވުރެ" ބޮޑަށް އިސްލާމް ދީނަށް ޚިދުމަތްކުރަމުން ގެންދާ ބޭކަނބަލެކެވެ! އޭނާ ބުނަނީ އޭނާކުރާ ކަމެއް އެންމެ ފުރިހަމައަށް ކުރަން މަސައްކަތްކުރާނެ ކަމަށާއި އެގޮތުން އިސްލާމް ދީނަށް ޚިދުމަތްކުރުމުގައިވެސް ނަމޫނާ ދައްކާނެ ކަމަށެވެ!
މިއީ ދިގުވާހަކައެއްގެ ކުރުޚުލާޞާއެކެވެ. އޭނާވަނީ މިވާހަކަތައް ސޯޝަލް މީޑިއާގައިވެސް ޢާންމުކޮށްފައެވެ. ކިޔައިދީ ވީޑިއޯވެސް ޢާންމުކޮށްފައެވެ. ނަޞޭޙަތަކީ ދިރިއުޅުމުގައި ކޮންމެ ދުވަހަކުވެސް ކުރިމަތިވާ ކަންކަމަށް ވިސްނައި ފިކުރުކުރުމެވެ. ވިސްނައި ފިކުރުކުރާ މީހަކަށް ހެޔޮ ވިސްނުން ދެއްވަވާނެތެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ޖިންނިތައް ފާވެ ބިރުވެރިކަން ވަށާލީމާ ގޮތްހުސްވެގެން ﷲ އަށް ދުޢާކުރީމާ ވަޤުތުން ޢިޖާބަ ކުރެއްވެވުނު ކާފިރު އަންހެނަކު އިސްލާމްވެ ދީން މަތިވެރިކުރާ އަންހެނަކަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ