ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމަށް 24 ގަޑިއިރަށް ކުރިއަށްގެންދާ ޚާއްސަ ދުވުން “ނޭޝެނަލް ޓޯޗް ރަން”ގައި މިހާތަނަށް 7000އަށްވުރެ ގިނަ ފަރާތަކުން ބައިވެރިވެއްޖެއެވެ.
“ނޭޝެނަލް ޓޯޗް ރަން” އަކީ 1 ނޮވެމްބަރުން ފެށިގެން ރާއްޖޭގައި ތަންފީޒުކުރަން ފަށާފައިވާ “ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ” އާއި ގުޅުވައިގެން ކުރިއަށްގެންދާ ހާއްސަ ހަރަކާތެކެވެ. ހެލްތް މިނިސްޓްރީން ބުނީ 24 ގަޑިއިރަށް ކުރިއަށްގެންދާ ނޭޝަނަލް ޓޯޗް ރަން މިއަދު ހަވީރު 4އަކާ ހަމައަށް މާލޭ އެކުވެނި ޓްރެކުގައި ކުރިއަށްދާނެ ކަމަށެވެ.
މި ހަރަކާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ އެތުލީޓުންނާއި ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.މި ހަރަކާތުގައި މިހާތަނަށް ޖުމްލަ 7547 ފަރާތަކުން ވަނީ ބައިވެރިވެފައިވާކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ނެޝެނަލް ޓޯޗް ރަންއަކީ، ސިއްހީ ވުޒާރާއިން އިސްނަގައިގެން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯ އަދި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ހާއްސަ ހަރަކާތެކެވެ. މިއީ ދުންފަތުގެ ނުރައްކާ އަންގައިދީ، ދުންފަތާ ދެކޮޅަށް މަސައްކަތް ކުރުމަށް އާންމުންނަށް ހިތްވަރުދީ ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ ޚާއްސަ ދުވުމެކެވެ. މި ދުވުމަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ،
އުރީދޫ ފަން ރަން: މި އޮތީ ބިބްގައި ނަން ޖަހާލުމުގެ ފުރުސަތު ހުޅުވާލާފަ! ކަށިމިޔަރުގެ މަސްވެރިކަން ކުރަން އެންމެ ގިނަވެގެން ހުއްދަ ދެވޭނީ 40 އުޅަނދަށް! ހިޔާ ފްލެޓުން ވެއްޓި 33 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ ކުރު ވާހަކަ: އިހުމާލު މަގުބޫލު ލިޔުންތައް ދުނިޔޭގެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ