ނަސްރުގެ ދުވަަހަށް ތައްޔާރުވުމަށްޓަކައި މިރޭ މާލޭގައި ބްލޭންކްސް ފަޔާ ކުރާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
ބްލޭންކް ފަޔާ އަކީ ބަޑި ޖެހުމުން އޭގެން ވަޒަނެއް ނުނިކުތް ނަމަވެސް، ބަޑިޖެހުމުން އިވޭ އަޑު އިވުމަށް ކިޔާ ނަމެކެވެ. އެގޮތުން އޭގެން އިވޭ އަޑަކީ އަސްލު ބަޑި ޖަހާއިރު ވެސް އިވޭ އަޑާއި ދާދި އެއްގޮތް އަދި ބާރު އަޑެއްކަން ފާހަގަކުރެވެއެވެ.
އެކަމާއި ގުޅިގެން މިއަދު "އެކްސް"ގައި ކުރި ޕޯސްޓެއްގައި އެމްއެންޑީއެފް އިން ބުނީ، މިރޭ ކުރިއަށްގެންދަން ހަމަޖެހިފައިވާ ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑް މައުންޓްކުރުމުގެ ފަރިތަކުރުންތަކުގެ ތެރެއިން ޝަހީދުންގެ ބިނާ ކައިރީގައި މިރޭ 20:15އާއި 22:00އާ ދެމެދު ބްލޭންކްސް ފަޔާ ކުރާނެ ކަމަށެވެ.
އެހެންކަމުން އެކަން އާންމުންގެ ސަމާލުކަމަށް ސިފައިން ވަނީ ގެނެސްފައެވެ.
ނޮވެންބަރުމަހުގެ ތިންވަނަ ދުވަސް ފާހަގަކުރަނީ ތަމަޅައިގެން ހަނގުރާމަވެރި ޖަމާއަތުގެ ބަޔަކު މާލެ ހިފުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ، ދިވެހިންނަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށެވެ. މިއަހަރުވެސް ނަސްރުގެ ދުވަސް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ދިފާއީ ބާރުން ދަނީ ތައްޔާރީތަށް ވަމުންނެވެ.
މިރޭ މާލޭގައި ބަޑިޖަހާ އަޑު އިވޭނެ، އެއީ ނަސްރުގެ ދުވަހަށް ތައްޔާރުވުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ