އިންޑިއާގެ ޤައުމީ އެއާލައިން، އެއާ އިންޑިއާއިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލް ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
އެއާ އިންޑިއާއިން ޓާމިނަލް
1 އިން އެއާ އިންޑިއާ އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލްގައި މިއަދު
ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިންޑިއާ
ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ.
ބާލަސުބްރަމާނިއަންއެވެ.
ރަސްމިއްޔާތުގައި
އެއާ އިންޑިއާގެ އެއާޕޯޓް މެނޭޖަރު ޖައިންދަރް ސިންގް ރަނާ އަދި އެމްއޭސީއެލްގެ އިސްވެރިންނާއި
އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއޭސީއެލުން ބުނީ މިއަދުގެ
ރަސްމިއްޔާތުގައި އެއާ އިންޑިއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ
ފްލައިޓުން ދަތުރުކުރި 118 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ.
އެއާ އިންޑިއާއިން އައި ދަތުރުވެރިންނަށް މަރުހަބާކިއުމުގެ ތެރެއިން... ފޮޓޯ: އެމްއޭސީއެލް
އަދި ޓާމިނަލް
1 އަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް, AI2239 އިން ރާއްޖެ އައި 132 ފަސިންޖަރުންނަށް
ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
އެއާ
އިންޑިއާ އާއެކު ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު
މިހާރު ވަނީ 18 އަށް އިތުރުވެފައެވެ.
އެއާ އިންޑިއާ އަކީ ރާއްޖެއަށް އުދުހުންތައް ބާއްވަމުން އަންނަތާ އެންމެ ގިނަދުވަސްވީ އެއް އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ، 1976 ވަނަ އަހަރުގެ ފެބުރުއަރީމަހުގެ 21 ވަނަ ދުވަހުއެވެ.
އެއާ އިންޑިއާއިންވެސް ވީއައިއޭ، އައު ޓާމިނަލް ބޭނުންކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ