ދަރިވަރުންތަކަކަށް ބަރަހަނާ ވީޑިއޯ ދައްކާ ޖިންސީ ގޯނާކުރި މައްސަލައެއްގައި ޓީޗަރަކު ހައްޔަރުކޮށްފި ދަރިވަރުންތަކަކަށް ބަރަހަނާ ވީޑިއޯ ދައްކާ ޖިންސީ ގޯނާކުރި މައްސަލައެއްގައި ޓީޗަރަކު ހައްޔަރުކޮށްފި

ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ދައްކާ ޖިންސީ ގޯނާކުރި މައްސަލައެއްގައި ޓީޗަރަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މި މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީންނެވެ. މި ހާދިސާ ހިނގާފައިވަނީ ސައުތު ސެންޓްރަލް ސަރަހައްދުގެ ރަށެއްގަ އެވެ. ކުޑަކުދިންނަށް ގޯނާ ކުރާ މައްސަލަތުގައި، އެ ކުދިންގެ ރައްކާތެރިކަމަށް ބަލައި ފުލުހުން ހާދިސާ ހިނގާ ރަށުގެ މައުލޫމާތު އާންމެއް ނުކުރެ އެވެ.
ހައްޔަރުކުރި ޓީޗަރު ވީޑިއޯ ދައްކާ ގޯނާ ކޮށްފައިވަނީ އޭނާ ކިޔަވައިދެމުންދިޔަ ފިރިހެން ދަރިވަރުންތަކަކަށެވެ. ގޯނާ ލިބުނު ދަރިވަރުންގެ އަދަދެއް ފުލުހުން ނުބުނެ އެވެ.
އޮކްޓޯބަރު، 26 ގައި ލިބުނު ރިޕޯޓާއި ގުޅިގެން ޖެހިގެން އައި ދުވަހު ހައްޔަރުކުރި ޓީޗަރުގެ ބަންދަށް ކޯޓުން 30 ދުވަސް ޖަހާފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް، މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނެފައިވެ އެވެ.
މި ފަހުން ޓީޗަރުން، ދަރިވަރުންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކެއް ފެންމަތިވި އެވެ. އެގޮތުން މިދިޔަ މަހު ހުޅުމާލޭގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޓިއުޝަން ނަގައިދޭން ދިޔަ ޓީޗަރަކު އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންތަމަތިވި އެވެ.
އަދި، އުތުރުގެ ރަށެއްގައި އިންޑިއާ ޓީޗަރަކު ސްކޫލް ދަރިވަރެއްގެ ގައިގައި އަތްލައި، ދަރިވަރަކާ ދައްކަން ނުޖެހޭ ފަދަ ވާހަކަތައް ދެއްކި މައްސަލައެއް ވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ