ކްރިކެޓް ކުޅުންތެރިޔާ ސްމިރްތީ އާއި ޕަލާޝްގެ ކައިވެނި ފަސްކޮށްފި

އިންޑިއާގެ ޤައުމީ އަންހެން ކްރިކެޓް ޓީމުގެ ވައިސް ކެޕްޓަން ސްމިރްތީ މަންދަންނާގެ ބައްޕަގެ ހާލު ދެރަވުމާ ގުޅިގެން ސްމިރްތީގެ ކައިވެނި ފަސްކޮށްފިއެވެ. ސްމިރްތީ އާއި އިންޑިއާގެ މަޝްހޫރު މިއުޒީޝަން ޕަލާޝް މުޗަލްގެ ކައިވެނީގެ ރަސްމިއްޔާތު ތާވަލު ކުރެވިފައި އޮތީ މިދިޔަ އާދީއްތަ ދުވަހަށެވެ. ނަމަވެސް ސްމިރްތީގެ ބައްޕައަށް ހާޓް އެޓޭކެއް ޖެހުމުގެ ސަބަބުން ކައިވެންޏާއި ގުޅިގެން ބާއްވަމުންދިޔަ ހުރިހާ ރަސްމިއްޔާތުތަކެއް ވަނީ ކެންސަލްކޮށްފައެވެ. ފަހުގެ ރިޕޯޓުތައް ބުނާގޮތުން ސްމިރްތީގެ ކައިވެނި ފަސްކުރެވުނުތާ މާގިނަ އިރުތަކެއް ނުވެ ލޯބިވެރިޔާ ޕަލާޝްގެ ވެސް ހާލު ގޯސްވެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. މީޑިއާތަކުން ބުނެފައިވާ ގޮތުން ޕަލާޝްއަށް ފަރުވާ ދެމުން އަންނަނީ ވައިރަލް އިންފެކްޝަންއަކާ ގުޅިގެން އޭނާގެ ސިއްހީ ޙާލަތު ގޯސްވުމުގެ ސަބަބުންނެވެ. ސްމިރްތީ އާއި ޕަލާޝް ލަވަކިޔުންތެރިޔާ ޕަލަކްއާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ ސްމިރްތީ އަކީ މި އަހަރުގެ ވިމެންސް ކްރިކެޓް ވާލްޑް ކަޕްގައި ވަރަށް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ލިބުނީ ކުޅިވަރުގެ މައިދާނުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. ދިގު މުއްދަތަކަށް ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ސްމިރްތީ އާއި ޕަލާޝްގެ ކައިވެނީގެ ތާރީޚު އިއުލާނު ކުރުމާ އެކު ވަރަށް ގިނަ ބަޔަކު ވަނީ ދެ މީހުންނަށް މަރުހަބާ ކިޔާފައެވެ. އަދި މިކައިވެނީގެ ރަސްމިއްޔާތުތަކުގައި ބައިވެރިވުމަށް އިންޑިއާގެ އަންހެން ކްރިކެޓް ޓީމުގެ އެހެނިހެން މެމްބަރުން ވެސް ވަނީ މުމްބާއީއަށް ދަތުރުކޮށްފައެވެ. ޕަލާޝް އަކީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕަލަކް މުޗަލްގެ ކޮއްކޮއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ