ފީފާ އެވޯޑްސްގައި މޯހަން އާއި ސަމުއްޓެގެ ވޯޓު ޑެމްބެލޭ އަށް ފީފާ އެވޯޑްސްގައި މޯހަން އާއި ސަމުއްޓެގެ ވޯޓު ޑެމްބެލޭ އަށް

ފީފާ ބެސްޓް އެވޯޑްސްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓޭ) އާއި ކޯޗު އަލީ ސުޒޭން، އެއް ވަނަ ނޮމިނޭޝަން އަކަށް ބެސްޓް އެވޯޑްސް ހާސިލްކުރި ޕީއެސްޖީގެ ފްރާންސް ތަރި، އޮސްމާން ޑެމްބެލޭ އަށް ވޯޓު ލައިފި އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ އިން އަހަރަކު އެއް ފަަހަރު ކުރިއަށްގެންދާ، ފީފާ އެވޯޑްސްގައި، ކޮންމެ ގައުމެއްގެ ކެޕްޓަނާއި ކޯޗު އަދި މީޑިއާ އަށް ވޯޓު ލުމުގެ ފުރުސަތު ލިބިގެންދެ އެވެ. އަދި، ފީފާ އިން އެ ވޯޓުގެ ތަފްސީލް ވެބްސައިޓްގައި ހިއްސާކުރެ އެވެ.
އެ ގޮތުން، މޯހަން އާއި ސަމުއްޓެ ވޯޓު ދީފައިވަނީ، މި ފަހަރުގެ ބެސްޓް އެވޯޑްސް ހޯދި ވިނީޝިއުސް އަށެވެ. ސަމުއްޓެގެ ވޯޓު ތަރުތީބަކީ، ޑެމްބެލޭ، ކީލިއަން އެމްބާޕޭ އަދި މުހައްމަދު ސަލާހު އެވެ. އަދި މޯހަން ވަނީ ޑެމްބެލޭ އަށް ފަހު، ލަމީން ޔަމާލް އާއި ރަފީނިއާ އަށް ވޯޓު ދީފަ އެެވެ.
އެންމެ މޮޅު ކޯޗަށް ސަމުއްޓެ ދީފައިވަނީ، ޕީއެސްޖީގެ ލުއިސް އެންރީކޭ، ލިވަޕޫލްގެ އާނާ ސްލޮޓް އަދި ބާސެލޯނާގެ ހަންސީ ފްލިކް އަށެވެ. މޯހަން ވޯޓު ދިނީ، އެންރީކޭ، ފްލިކް އަދި ސްލޮޓް އަށެވެ.
މީޑިއާ އިން ރާއްޖޭގެ ފަރާތުން ވޯޓުލާފައިވަނީ، އައްޒާމް އަލީ އެވެ. އޭނާ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވޯޓު ދީފައިވަނީ، އޮސްމާން ޑެމްބެލޭ، ރަފީނިއާ އަދި ސަލާހު އަށެވެ. އަދި އެންމެ މޮޅު ކޯޗަށް ވޯޓު ދީފައިވަނީ، އެންރީކޭ، ސްލޮޓް އަދި ފްލިކް އަށެވެ.
އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ރާއްޖޭން ވޯޓުލި ގައުމީ ކެޕްޓަން، ހައްވާ ހަނީފާ ވޯޓު ދީފައިވަނީ، އައިޓާނާ ބޮންމާޓީ، ލޫސީ ބްރޯންޒް އަދި އަލެކްސިއާ ޕުޓޭޔަސް އަށެވެ. އަދި، ކޯޗުގެ ހައިސިއްޔަތުން ރާއްޖޭން ވޯޓުލި މަރިޔަމް މިރުފަތު ވޯޓު ދިނީ، ބޮންމާޓީގެ އިތުރުން، ލޫސީ ބްރޯންޒް އަދި އަލެކްސިއާ ޕުޓޭޔާސް އަށެވެ.
ބެސްޓް އެވޯޑްސްގައި ސާފްގެ އެހެން ގައުމުތަކުގެ ކެޕްޓަނުންގެ ވޯޓަށް ބަލާއިރު، އިންޑިއާގެ ގުރުޕްރީތު ސިންގް ވޯޓުލާފައިވަނީ، ޑެމްބެލޭ، ރަފީނިއާ އަދި ޔަމާލް އަށެެވެ. ބަންގްލަދޭޝްގެ ކެޕްޓަން، ޖަމާލް ބުޔާން ލާފައިވަނީ، ވިޓީނިއާ، ޑެމްބެލޭ އަދި ޔަމާލް އަށެވެ. ނޭޕާލްގެ ކެޕްޓަން، ކިރަން ކުމާރު ލާފައިވަނީ، ޑެމްބެލޭ، ވިޓީނިއާ އަދި ޔަމާލް އަށެވެ. ސްރީ ލަންކާގެ ސުޖަން ޕެރޭރާ ވޯޓުލީ، ޑެމްބެލޭ، ސަލާހު އަދި އެމްބާޕޭ އަށެވެ. ޕާކިސްތާންގެ އަބްދުﷲ އިގުބާލް ވޯޓު ލީ، ޑެމްބެލޭ، ރަފީނިއާ އަދި ޔަމާލް އަށެވެ. އަދި، ބޫޓާންގެ ކެޕްޓަން، ނީމާ ވަންގްޑީ ވޯޓު ދިނީ، ނޫނޯ މެންޑޭޒް، ވީޓިނިއާ އަދި ޑެމްބެލޭ އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ