ފައިސާ ޗާޕްކުރުން ދިފާއުކޮށް ސަރުކާރުގެ މަސްލަހަތު ހުރި ފަރާތްތަކުން ދައްކަމުންދާ ވާހަކައަށް ޑރ. އިޔާޒު ހޫނު ރައްދެއް ދެއްވައިފިއެވެ. ޑރ. އިޔާޒް ރައްދު ދެއްވީ ސަރުކާރުން އަމާޒު ހިފާފައިހުރީ ކުރީ ސަރުކާރުތަކުން ވާރުތަވެފައިވާ އެތައް ބިލިޔަން ރުފިޔާގެ ބިލްތައް ދެއްކުމަށް ކަމަށް ބުނެ "ދުވަސް" ގައި ލިޔެފައިވާ އާޓިކަލެއް ޓެގްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓް ގައެވެ.
ޑރ. އިޔާޒް ވިދާޅުވީ ވެރިކަމާއި ހަވާލުވާން ރައްޔިތުންނަށް ބިލާސްތައް ދައްކަމުން ދިޔައިރުވެސް އެ ބުނާ ވާރުތަ އޮންނާނެކަން އެނގޭނެ ކަމަށެވެ. 2026 ގައި ދައްކަންޖެހޭ ބޮޑު ދަރަންޏެއް އޮތްކަން ވެސް އިނގޭނެ ކަމަށެވެ.
އެހެން ނަމަވެސް ފައިސާ ލިބޭނެ ގޮތްތައް ހުރީ ހަމަޖެހިފައި ހުރިކަމާއި އެއްވެސް ހާސްކަމެއް ނެތް ކަމަށް ޑރ. މުއިއްޒު ވިދާޅުވަމުން ގެންދެވިކަމުގެ ހަނދާން ޑރ. އިޔާޒް އައުކޮށް ދެއްވިއެވެ. ތިމަންނާގެ ސަރުކާރުގައި ފައިސާ ޗާޕެއް ނުކުރާނަމޭ ކިޔާ އެތައް ދޮގެއް ޑރ. މުއިއްޒު ވަނީ ހައްދަވާފައި ކަމަށްވެސް ޑރ. އިޔާޒް ވިދާޅުވެއެވެ.
މިހުރިހާ ކަމެއް އޮވެމެ، ވޯޓު ގަންނަން ވަޒީފާ ބަހާ އެތައް ބައިވަރު މުންކަރާތްތައް މި ސަރުކާރުން ވަނީ ހިންގާފައިވާ ކަމަށާއި އަދިވެސް ދަނީ ހިންގަމުން ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.
ސަރުކާރުން ކުރާ މިފަދަ ކަންކަމަށް އިންކާރުނުކޮށް ހަނު ތިބުމަކީ ވެވޭ ހިޔާނާތެއް ކަމަށް ވެސް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއެވެ.
ސަރުކާރުގެ ނޭއްގާނި ކަންކަމަށް އިންކާރު ނުކުރުމަކީ ހިޔާނާތެއް: ޑރ. އިޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ